ރެސިޕީ

ދެން ރެސިޕީ | ޕެޕަރ ޗިކަން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by WAMCO
  • 1 ކިލޯ ކުކުޅު (ކަށްޓާއެކު) ކޮށާފައި
  • 1 މޭޒުމަތީ ސަމްސާ ގާނާފަހުރި ލޮނުމެދެ
  • 1 މޭޒުމަތީ ސަމްސާ ގާނާފަހުރި އިނގުރު
  • 1 ސައި ސަމްސާ ރީންދޫ
  • 4 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
  • 1 ފިޔާ
  • 1 ޓޮމާޓޯ
  • ލޮނު
  • 5-4 ސަމްސާ ކުކިންއޮއިލް

ތައްޔާރުކޮށްލާނެ ގޮތް:

ކުކުޅުކޮޅު ދޮވެލުމަށްފަހު ލޮނުކޮޅަކާއި ރީނދޫކޮޅު އަޅާފައި މެރިނޭޓް ކޮށްލަން ބަހައްޓާށެވެ.

މިކްސަރުން ފިޔާ އަދި ޓޯމާޓޯ، ޕޭސްޓްގަނޑަކަށް ވަންދެން މުގުރާލާށެވެ.

އެތެރެ ފުން ތަވައަކަށް ތެޔޮފޮދު އަޅައި، ހޫނުވުމުން ކުކުޅުކޮޅު އަޅާލައި، އެއްކޮށްލާފައި 2 މިނަޓެއް ހާއިރު މަތިޖަހާފައި މެދުގިނީގައި ބަހައްޓާށެވެ.

އެއަށްފަހު ލޮނުމެދު ކޮޅާއި އިނގުރު އަޅައިގެން ކުކުޅުން ބޭރުވާ ފެން ހިނދެންދެން މަޑުގިނީގައި ކައްކާލާށެވެ.

ފެން އެއްކޮށް ހިނދުމުން ފިޔާ، ޓޮމާޓޯއިން ހަދާފައިހުރި ޕޭސްޓްގަނޑު އަޅައިގެން 2 މިނަޓެއް ހާއިރު ކެއްކުމަށްފަހު އަސޭމިރުސް އަޅައިގެން އަނެއްކާވެސް 2 މިނަޓެއް ހާއިރު ކައްކާލާށެވެ.

ޕެޕަރ ޗިކަން އެންމެ މީރު ވާނީ ރޮށި ނުވަތަ ފަރާޓާއާއެކު ކާށެވެ. ބޭނުން ނަމަ ބަތާއެކު ވެސް ކެވިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!