ލައިފްސްޓައިލް

އަހަރެންގެ މިޒާޖު ބަދަލުވެއްޖެއެވެ. ކީއްވެކަން ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަޑު ހިނގުމެއްގައި ހިނގަމުން އައިސް އަހަރެން ގޭ ތެރެއަށް ވަނީމެވެ. އަދި ލިފްޓަށް އަރާ މަޑުކޮށްލި ހިސާބުން އަހަރެންނަށް އަހަރެންގެ ސޫރަ ފެންނާން ފެށީއެވެ. ލޯގަނޑާ ދިމާއަށް ބަލަން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ބުނެދޭކަށް ނޭނގެއެވެ. އެހެން ނަމަވެސް އެނގޭހާ ވެސް ކަމަކީ އެވަގުތު ކޮޅުގައި ވެސް އަހަރެންގެ ހިތުތެރޭގައި އެތައް ކަމެއް ހިނގައި ދިޔަ ކަމެވެ.

Ads by MWSC

ފަހަރަކު ލޮލަކަށް ބަލަމުން ގެންދިޔައީމެވެ. އަދި ހިތާ ހިތުން އަހަރެންގެ ނަފްސާ ދިމާއަށް އެތައް އެއްޗެއް ވެސް އަހަރެން ދިޔައީ ގޮވަމުންނެވެ. ކިޔަން ބޭނުންވެފައި ހުރި އެތައް ވާހަކަތަކެއް އަހަރެންގެ ސިކުނޑިއަށް އެވަގުތު ފުންޏަކަށް ޖަމާ ވާން ފެށިއެވެ. އެހެން ނަމަވެސް ކުއްލިއަކަށް އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވީ ލިފްޓުގެ ދޮރު ހުޅުވުމާއެކުގައެވެ.

މިއީ އަހަރެން ގެއަށް ވަންނާން ވެގެން ލިފްޓަށް އެރި ވަގުތު އަހަރެންނަށް ކަންތައް ދިމާވި ގޮތުގެ ވާހަކައެވެ. ހިތަށް އެރި ބައެއް ކަންކަމުން މިހާރު އަހަރެން ހައިރާންވެ އަންތަރީސްވާ ވަރުވެއެވެ. މިއީ ރަމަޟާން މަސްކަން ވެސް ހަނދާން ނެތުނު ކަހަލައެވެ. އަހަރެންނަށް އަހަރެންގެ ނަފްސު ދެކެ އެހާ ރުޅި އާދެވެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ނަފްސާ ދޭތެރޭ އަހަރެން ހިތްހަމަ ނުޖެހެނީ ވެސް ފަހެ ކޮން ކަމެއް ހެއްޔެވެ؟

އެހިސާބުން އަހަރެންނަށް ފެށުނީ ވިސްނާށެވެ. އަދި މިކަން މިހެން ވާންވީ ކީއްވެކަން އަހަރެން ހޯދަން ބޭނުންވިއެވެ. އަދިވެސް ޖަވާބެއް އަހަރެންނަކަށް ނުހޯދުނެވެ. އަހަރެންގެ ޒަމީރަށް ވިސްނުނުހާ ވެސް ކަމަކީ އަހަރެން ވަރަށް ބޮޑަށް ބަދަލު ވެއްޖެ ކަމެވެ. މިޒާޖު ބަދަލު ވެއްޖެކަމެވެ. އޭރު ކުރަން ބޭނުންވި އެތައް ކަމެއް މިއަދު އަހަރެން ކުރަން ބޭނުމެއް ނުވެއެވެ. ގެންނާން ނުވާނެ އެތައް ބަދަލުތަކެއް އަހަރެންގެ ނަފްސަށް އަންނަމުންދާ ކަމެވެ. ވާހަކަތައް މީހަކާ ހިއްސާ ކުރިޔަސް މިކަމުގައި އަހަރެން ބޭނުންވާ ޖަވާބެއް ނުލިބޭނެކަން ވެސް ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!