ޚަބަރު

ކޮރަޕްޝަންގެ 22 މައްސަލައެއް ފެނަކައިގައި ، އެމްޑީ ގައްދޫ ދާއިރާގެ ރައީސަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮރަޕްޝަންގެ 22 މައްސަލައެއް ފެނަކައިގައި ، އެމްޑީ ގައްދޫ ދާއިރާގެ ރައީސަކަށް!

އެންޓި ކޮރަޕްޝަނުން ކޮމިޝަން (އޭސީސީ)އިން ކޮރަޕްޝަންގެ 22 މައްސަލައެއް ބަލަމުންދާ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ، ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލައްވައިފިއެވެ.

Ads by Sosun Fihaara

އަންނަ މަހު ބޭއްވުމަށް ، އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކުރި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ސަޢީދު ވާދަ ކުރައްވަނީ ގދ.ގައްދޫ ދާއިރާއަށެވެ. ސަޢީދަކީ އެ ދާއިރާގައި ހިމެނޭ ވާދޫގެ ރައްޔިތެކެވެ.

ގައްދޫ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލައްވާކަން އިއުލާން ކުރައްވަމުން ސަޢީދު ވިދާޅުވީ ކުރިއަށް އޮތް ގައުމީ މަޖިލިސް އިންތިޚާބުގައި ގައްދޫ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލެއްވުމަށް ނިންމަވާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގަމުންދާކަމަށް މިދިޔަ މަހު ، އޭސީސީއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފައެވެ. އޭސީސީން ބުނެފައި ވަނީ އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ 22 މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާ ގާތްވެފައި މިވަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު އޮތް ނުތަނަވަސްކަން ، ލޯކަލް ކައުންސިލް އިންތިޚާބުގެ އެޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެނގިފައިވާ ގޮތުގައި ސަޢީދު ގައްދޫ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވަނީ ރައީސް ނަޝީދުގެ ތާޢީދާއެކުގައެވެ. ރައީސް ޞާލިޙްގެ ތާއީދާއެކު އެ ދާއިރާއަށް ނިކުންނަވަނީ ގައްދޫ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް އޮތް އެ ރަށުގެ ރައްޔިތެކެވެ.

  1. އަހުމަދު ރިސޯޓްއުޅޭކުއްޖާ

    ތީ ވަރަށްދެކެން ބޭނުންވި ދުވަހެއްމިހަާރު ސޭޓްއަށްއެގެންވާނެ ޕީޕީއެމް މިހުންގެ އިޚްލާސްތެރިކަން ނިމިދިިޔަވޯޓުން.ކާމިޔާބަށްއެދެން.