ޚަބަރު

ވެކްސިން ދެވަނަ ޑޯޒް ޖެހުމުން ކަރަންޓީންވާކަށް ނުޖެހޭނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެކްސިނުގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލައި މާލެއިން ރަށްރަށަށް ދެވޭ ގޮތް ހައްދަވައި ދެއްވާނެކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިޢުލާން ކުރައްވައިފިއެވެ.

Ads by MWSC

ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ އަތޮޅު ތެރޭގެ ރަށްރަށަށް ވަރަށް އަވަހަށް ދަތުރު ކުރެވޭނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ މާލެ ލޮކްޑައުން ކުރިތާ އަހަރެއްވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ނިއު ނޯމަލް އަކަށް ދިރިއުޅުން ދާނެ ކަމަށް އިންތިޒާރުކުރަމުން އަންނަ އިރު، އަޅުގަނޑު އުފަލާ އެކު ދަންނަވަން ވެކްސިންގެ ދެ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން އެއްވެސް ހުރަހެއް ނެތި އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުކުރެވޭނެކަން،" ކޮވިޑް-19 ފެތުރި މާލެއިން ފުރަތަމަ ކޭސް ފެނުމާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރުމަށް އަހަރެއްވުން ފާހަގަ ކުރައްވަމުން ރައީސް ޞާލިޙް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށައިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ. ރާއްޖޭގައި ފުރަތަމަ ދިނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. އެއަށްފަހު މިހާރު އެ ވެކްސިންގެ ދެވަނަ ޑޯޒްއާއި، ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒްގެ އިތުރުން ރެޖިސްޓަރ ކޮށްފައިވާ ޚާއްސަ ފަރާތްތަކަކަށް ފައިޒާ ވެކްސިނެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ މިމަހު ތިން ވަނަ ދުވަހުއެވެ. މިއާއެކު ދެވަނަ މިއަންނަ އާދީއްތަ (17 އޭޕްރީލް) ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުން، ދެވަނަ ޑޯޒް ފުރިހަމަ ކުރިތާ 2 ހަފްތާ ވާނެއެވެ. މިހާތަނަށް ރާއްޖެއިން 28،970 މީހުންނަށް ކޮވިޑް-19 ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

Ads by Ooredoo
  1. މާކަނާ

    މަނިކުފާނު ރިސޯޓު ތަކުގެ މުވައްޒަފުއްނަކީ ޖަނަވާރުން ތަކެއްކަމައް މަނިކުފާނު ދެކެވަޑައިގަތަސް އަހަރުމެއްނަކީވެސް އިންސާނުއް އަހަރުމެނައްވެސް ލުއިގޮތްތަކެއް ހަދާދެން ޖެހޭނެ ދެޑޯޒައްފަހު

    • ރިޒޯޓް ބޯއީއެއް

      ކޮއްކޮމެން ވޯޓް ދީގެން ތިބޭ ހެވިފަ

  2. ހަމާދީ

    ވަރައްރީތަ

  3. ތުއްތުނާ

    މަނިކުފާނު ތިއީ ހަމައެކަނި މާލޭ ބޭފުޅުންނަށް އޮތް ލުއި ފަސޭހައެއްތޯ ؟ ކޮންމެ އެއްޗަކުން ވެސް ފެންނަނީ އަބަދުވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުން ރާއްޖެތެރެއަށް ދަތުރު ކުރެވޭނެ. ރާާއްޖެތެރޭ މީހުނަށް މާލެ ދެވޭނެ ވާހަކައެއް ނޯވޭ . ވ ދެރަ. އަހަރުމެން މިތިބީ ޑޮކްޓަރަށް ދައްކަާލަންވެސް މާލެ ނުދެވިފަ 1 އަހަރަށް ވުރެވެސް ގިނަވީ އެކަމު އެކަހަލަ ޚިދުމަތެއްވެސް މި ރާއްޖެތެރެއަކުން ނުލިބޭނެ . އެކަމުވެސް މާލެ މީހުނަށް ދޯ އޮތީ ރާއްޖެތެރެއަށް ދަތުރު ކު ދަތުރު ކުރެވެން .