ދުނިޔެ

އިންޑިއާއަށް މިހާރު ކުރިމަތިވެފައި ވަނީ ކޮވިޑް-19ގެ ސުނާމީއެއް ގޮތުގައި ސިފަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގައި އަނެއްކާ ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާއެކު، މިއީ މި ބަލީގެ "ސުނާމީ" އެއްގެ ގޮތުގައި އެ ޤައުމުގެ ޑޮކްޓަރެއް ސިފަކޮށްފިއެވެ.

Ads by Sosun Fihaara

ފާއިތުވީ 24 ގަޑިިއިރު ތެރޭގައި އެ ޤައުމުން ދެ ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ރިޕޯޓުތަކުން ބުނީ އިއްޔެގެ ހަވީރު 6:00އިން މިއަދު ހަވީރު 5:59އާއި ހަމައަށް އިންޑިއާއިން 2،00،739 މީހުން ފައްސިވެފައިވާ ކަމަށެވެ.

މި އަދަދާއެކު މިހާރު ޖުމްލަ 14،268،963 މީހުން އިންޑިއާއިން މި ބައްޔަށް ފައްސި ވެފައިވެއެވެ. އަދި 174،172 މީހުން ވަނީ އިންޑިއާގައި މި ބަލި ޖެހިގެން މަރުވެފައެވެ.

މި ފަހަކަށް އައިސް އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ހުންނަނީ 150،000 އަށްވުރެ މަތީގައެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އެ އަދަދު 20،000އަށްވުރެ ދަށް ކަމަށް ވެސް ރިޕޯޓު ތަކުން ދައްކައެވެ.

ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންޑިއާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށައިފައި މިވަނީ އެ ޤައުމުގައި މި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގައި އެ ޤައުމުން ފަރުވާ ކުޑަ ކުރުމުންނެވެ. އެގޮތުން ބޮޑެތި ފިހާރަތަށް އަލުން ހުޅުވުމާއި، އޮފީސްތައް ހުޅުވުމުގެ އިތުރުން ދަތުރުފަތުރު ކުރުން ވެސް ފުލް ކެޕޭސިޓީގައި ކުރަމުން ދިޔަކަން ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން ބޮޑެތި ކައިވެނީގެ ޙަފްލާތަކާއި އެހެނިހެން ޙަފްލާތައް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ ނުލައި ބޭއްވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!