ދުނިޔެ

ފައްސިވާ އަދަދުތައް ގިނަވެ، އެޑްމިޓު ކުރާނެ އެނދުތައް އިންޑިއާގައި މަދުވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގެ އެއް އެނދުގައި ދެމީހުން ފަރުވާ ހޯދަނީ

ނިއުދިއްލީ: ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގައި އެޑްމިޓު ކުރާނެ އެނދުތައް ވެސް މަދުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބައެއް ހޮސްޕިޓަލުތަކުގައި މިހާރު އެއް އެނދުގައި ދެ މީހުން ވެސް ބާއްވަމުން އެބަ ގެންދެއެވެ. އެގޮތުން އާންމުކޮށްފައިވާ ފޮޓޯއެއްގައި ވެސް ފެންނަނީ، ނޭވާލާން ދަތިވެފައި ތިބި ދެ ފިރިހެނެއްގެ މޫނު މަތީގައި އޮކްސިޖަން މާސްކު އަޅުވާފައި ތިއްބައެވެ. އެ ދެ މީހުން ވެސް އެޑްމިޓު ކޮށްފައި ވަނީ އެއް އެނދެއްގައެވެ.

މި އަހަރު ކުރީކޮޅު އިންޑިއާއިން ވަނީ ދުވާލަކު 10،000 މީހުން އެ ޤައުމުން ކޮވިޑް-19 އަށް ފައްސިވަމުންދާކަން ހާމަ ކޮށްފައެވެ. އަދި މިއަދު އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު މި ވަނީ ދެ ލައްކައަށްވުރެ އިތުރު ވެފައެވެ. މިއީ އަދި މިހާތަނަށް އެ ޤައުމުން އެންމެ ގިނަ މީހުން ފައްސިވީ ކަމަށް ރިކޯޑު ކުރެވުނު ދުވަސް ކަމުގައި ވެސް ރިޕޯޓު ތަކުން ބުނެއެވެ.

ކޮވިޑް-19 ޖެހިފައި ތިބި ބަލި މީހުންނަށް ޚާއްސަކޮށްފައިވާ ލޯކް ނާޔަކް ޖައެ ޕްރަކާޝް ނާރާޔަން ހޮސްޕިޓަލަށް މިއަދު ވެސް ހުއްޓުމެއް ނެތި އެމްބިއުލޭންސްގައި މީހުން ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އެ ހޮސްޕިޓަލުގައި ކޮވިޑް ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް 1500 އަށްވުރެ ގިނަ އެނދު ބަހައްޓާފައި ހުރެއެވެ.

އެމްބިއުލޭންސްގެ އިތުރުން ބައެއް މީހުން އޮޓޯ-ރިކްޝޯ ގައާއި ބަހުގައި ވެސް އެ ހޮސްޕިޓަލަށް ދަތުރުކޮށްފައި ވެއެވެ.

އެ ހޮސްޕިޓަލަށް ގެންދެވުނު ކޮވިޑް ބަލި މީހުންގެ ތެރޭގައި އަލަށް އުފަންވީ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ. އެ ކުއްޖާއަކީ މިހާތަނަށް މި ބަލި ޖެހިގެން އެ ހޮސްޕިޓަލަށް ގެންދެވުނު އުމުރުން އެންމެ ހަގު ކުއްޖާ ކަމުގައި ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!