ވެކްސިން ނުޖަހާ މީހުންނަށްވެސް ބައެއް ރަށްރަތަކަށް ކަރަންޓީންވުމަކާ ނުލާ ދެވޭ ގޮތަށް ހުޅުވާލައިފި
އާބާދީގެ %60 މީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ދީފައިވާ ނަމަ އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ހުރިހާ ފަރާތްފަރާތްތަކަށް ދަތުރުކުރުމަށް ހުޅުވާލައިފިއެވެ. މިކަން އެޗްޕީއޭއިން ދެންމެ ވަނީ އަންގާފައެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އާބާދީގެ 60 އިންސައްތަ ހަމަވެފައިވާ ރަށްރަށް، ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނަށް، ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނީސް ދަތުރު ކުރެވޭނެ ކަމަށެވެ.
އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލަން ވަނީ ނިންމާފައެވެ. އެގޮތުން މިކަމުގައި ވަކި އުސޫލަކަށް އަމަލުކުރަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އެގޮތުން ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމުގައި ބަލީގެ ނިސްބަތް 5 އިންސައްތަ އަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނައްސި ޓެސްޓެއް ބޭނުންވާނެއެވެ.
އެޗްޕީއޭގެ އުސޫލުގައި ވާ ގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކާއެކު ދަތުރުކުރާނަމަ ޕީސީއާރު ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.
މީގެ އިތުރުން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާ އެހެން ފަރާތްތަކުން ނައްސި ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނުވާން ވެސް ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަށް ރާއްޖެއަށް އެތެރެއަށްވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ވެސް ހަދަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.