ރެސިޕީ

ދެން ރެސިޕީ | ހުކުރު ދުވަހަށް ފިހުނު ކުކުޅު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރޯދަ މަސް ނޫން އެހެން މަސްތަކުގައި ހުކުރު ދުވަހަކީ ގޭގޭގެ ސުފުރާމަތިތައް ތަނަވަސް ދުވަހެކެވެ. ޚާއްޞަކޮށް މެންދުރުގެ ކެއުމަށް އާއިލާތައް އެކީ އިންސާފު ކުރާއިރު ކޮންމެ ސުފުރާއަކުން ވެސް މަދު ނުވާނެ އެއްޗަކީ ކުކުޅެވެ. އެހެންކަމުން މިއަދަކީ ވެސް ހުކުރު ދުވަސް ކަމުން ރޯދަ ވީއްލާ ގަޑިއަށް ކުކުޅުގެ ބާވަތެއް މިއަދު ތައްޔާރު ކޮށްލަން ވާނެއެވެ.

Ads by Sosun Fihaara

ތައްޔާރުކޮށްލާނެ ގޮތް:

  • 1 ކުކުޅު ( ކޮށާފައި )
  • 4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
  • 2 ބޮޑުފިޔާ ( ކޮށާފައި )
  • 1 މޭޒުމަތީސަމުސާ ލޮނުމެދު އިނގުރު ( ޗަސްކޮށްފައި )
  • 1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި )
  • ބައި ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ ދިރި ( މުގުރާފައި )
  • 1 ސައިސަމުސާ އަސޭމިރުސް ( މުގުރާފައި )
  • 3 މޭޒުމަތީސަމުސާ ހަނާކުރި ހަވާދު
  • 1 މޭޒުމަތީސަމުސާ ހިކި މިރުސް
  • 1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • 2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 މޭޒުމަތީސަމުސާ ޗިލީ ސޯސް
  • 1 ލުނބޯ
  • ހިކަނދިފަތް، ރާނބާފަތް
  • ލޮނު

ތައްޔާރުކޮށްލާނެ ގޮތް:

ކުކުޅު ހެޔޮވަރު ވަރު ވަރަކަށް ކޮށާލުމަށްފަހު، ހަވާދު، މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ލޮނު އަދި ޕޭސްޓް ރަނގަޅަށް އެއްކޮށްފައި ކުކުޅުމަސްތަކުގައި ހާކައިފައި 30 މިނިޓް ވަންދެން މަތި ޖަހާފައި ބަހައްޓާށެވެ.

ދެން ތެޔޮ ފޮދު ހޫނު ކޮށްލުމަށްފަހު، ފިޔާ، ހިކަނދިފަތް، ރާނބާފަތް އެއްކޮށްލުމަށް ފަހު ފިޔާކޮޅު މޯޅިވުމުން، ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮލާށެވެ. އެއަށް ފަހު ހަވާދު ލައިފައި ހުރި ކުކުޅު ތަކުގެ މައްޗަށް ހަނާކުރި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ރޯ ފިލަން ދެން އަވަނުން ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!