ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ކޭކް ޕުޑިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

1 ޗޮކްލެޓް ކޭކް ( ކުޑަ )
½ ޖޯޑު އާމަންޑްސް ( ކޮށާފައި )
1 ޖޯޑު ކަސްޓަރޑް
2 ޖޯޑު ގެރިކިރު
1 ޖޯޑު ޗޮކްލެޓް ( ގާނާފައިހުރި )
1 ޖޯޑު ހިކިމޭބިސްކަދުރު
5 ޖޯޑުފެން

2 ޖޯޑު ވިޕްޑް ކްރީމް
ކޮކޯ ޕައުޑަރ ކުލަ ހިފާވަރަށް

ތައްޔާރުކޮށްލާނެ ގޮތް: 

ކަސްޓަރޑްކޮޅު ފެނުގައި ގިރާލައި ކައްކައިލާށެވެ. ބޮކިޖަހަން ފަށައި ކެކިގަތީމާ ކޮކޯ ޕައުޑަރުކޮޅާއި ގެރިކިރު އަޅާލާށެވެ. މި ކަސްޓަރޑް ބަހައްޓާނީ ތަންކޮޅެއް ދިޔާކޮށެވެ. އެއަށްފަހު ކަސްޓަޑުގެ ތެރެއަށް އާންމަންޑްސް އެއްކޮށްލާށެވެ. ރޯފިލުމުން އުނދުން މަތިން ބާލާށެވެ.

ކަސްޓަރޑް ހިހޫވީމާ ކޭކްމަތިން ދެބައި ހަމަވާގޮތަށް ކަފާލާށެވެ. އެއަށްފަހު ކޭކްގެ އެއްބައި ޓްރޭއަށް ލާށެވެ. ކޭކްގެ މައްޗައް ކަސްޓަރޑްގެ ދެބައިކުޅަ އެއްބައި އަޅައި ފަތުރާލާށެވެ. ކަސްޓަރޑް ގެ މައްޗަށް 1 ޖޯޑު ވިޕްޑް ކްރީމް އެޅުމަށް ފަހު ގާނައިފައި ހުރި ޗޮކޮލެޓް ގެ ދެބައިކުޅަ އެއްބަޔާއި ހިކިމޭބިސްކަދުރުގެ ދެބައިކުޅަ އެއްބައި ވިއްސާލާފައި ކޭކްގެ އަނެއްބައި އޭގެ މަތީގައި ބާއްވާފައި ފުރަތަމަ ލޭޔާރ ތައްޔާރުކުރި ގޮތަށް ދެވަނަ ލޭޔާރ ވެސް ތައްޔާރުކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!