ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 82 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނީ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
އެ މީހާ ނިޔާވީ މިއަދު ހެނދުނު 11:12 ގައި ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 68ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون