ލުއި ޚަބަރު

އަނބިމީހާ ކުރަފި ދެކެ ބިރުގަންނާތީ 3 އަހަރު ތެރޭގައި 18 ގެއަށް ބަދަލުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރަތްޕަކީ ވަރަށް ގިނަ މީހުން ބިރުގަންނަ އެއްޗެކެވެ. ކުރަތްޕެއް ފެންނައިރަށް ބިރުން ހަޅޭލެވުމަކީ ބައެއް އަންހެނުންގެ އާދައެކެވެ. މިއީ ވެސް އެފަދަ އަންހެނެއްގެ ވާހަކައެކެވެ. މި އަންހެން މީހާ ކުރަފި ދެކެ ބިރުގަންނަ ވަރުން އޭނާ ވަނީ އާއިލާއެކު ތިން އަހަރު ތެރޭގައި 18 ގެއަށް ބަދަލުވެފައެވެ.

Ads by Sosun Fihaara

ބޯޕާލް އަވަށުގެ މި ދެމަފިރިން މިހާތަނަށް 18 ގެއަށް ބަދަލުވެފައިވާއިރު، ފިރިމީހާ ވަނީ އަންހެން މީހާގެ މި ބިރުގެ ސަބަބުން އޭނާއަށް އިތުރަށް ކެތް ނުވާނެ ކަމަށް ނިންމައިފައެވެ. އަދި އެހާ ގިނަ ގޭގެއަށް ބަދަލުވާން ޖެހުމުން ލަދުގަންނަ ކަމަށް ބުނެ އޭނާ ވަނީ އަންހެނުން ވަރިކުރަން ނިންމައިފައެވެ.

ސޮފްޓްވެއާ އިންޖިނިއަރެއްގެ ވަޒީފާ އަދާކުރަމުންދާ ފިރިމީހާއަށް އަންހެން މީހާ ކުރަފި ދެކެ ބިރުގަންނަ ކަން ފުރަތަމަ އެނގުނީ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް 2017ގައެވެ. އެ ދުވަހުގެ ބަދިގެ ތެރެއިން ކުރަތްޕެއް ފެނުމުން އޭނާ ވަނީ ހަޅޭލަވައި ގޭ އެންމެން އެއްކޮށްފައެވެ. ދެމަފިރިން އެހެން ގެއަކަށް ބަދަލުވާން ނިންމާފައި ވަނީ އަންހެން މީހާއަށް އަލުން ބަދިގެއަށް ވަނުމަށް ދެކޮޅު ހެދުމުންނެވެ.

އޭގެ ފަހުން ބަދަލުވި ހުރިހާ ގެއަކުން ވެސް މިފަދަ ހާދިސާތަކާ ވަނީ ކުރިމަތިލާފައެވެ.

އަންހެނުންގެ މި ބިރަށް ފަރުވާ ކުރުމަށް ފިރިމީހާ މަސައްކަތް ކުރި ނަމަވެސް އެކަމަށް ވެސް އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އަދި ކައިވެނި ރޫޅުނު ނުދިނުމަށް ކައުންސިލިން ނެގި ނަމަވެސް ފިރިމީހާ ވަނީ އަނބިމީހާ ވަރިކުރަން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!