ދުނިޔެ

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެނީ، ރައްޔިތުން އަވަދިނެތި ފެސްޓިވަލުތަކުގައި ގެރި ގުއި އުކަނީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ބާރުގަދަ ދެވަނަ ރާޅެއް އަވައްޓެރި އިންޑިއާގައި ފެތުރި، އެ ޤައުމުގެ ސިއްޙީ ދާއިރާ ވެސް އެލާޓަށް އައިސްފައި ވަނިކޮށް، ގިނަ ބަޔަކު އެއްވެ ބޮޑު ފެސްޓިވަލެއް ބާއްވައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް އިންޑިއާއިން ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ނަމަވެސް މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވެސް، އަންދްރަ ޕްރަދޭޝްގެ ހަރިދްވާރްގައި ވަނީ އެމީހުންގެ ދީނީ ބޮޑު ފެސްޓިވަލެއް ބާއްވައިފައެވެ.

އެ ފެސްޓިވަލުގައި 21 ލައްކައެއްހާ މީހުން އެއްވެ، އެއްވެސް ގައިދުރު ކަމެއް ނުބަހައްޓައި އުޅުނު ކަމަށާއި، އެކަކު އަނެކަކުގެ ގަޔަށް ގެރި ގުއި އުކި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ކޮންމެ އަހަރަކު ބާއްވާ މި ފެސްޓިވަލް، އެ އަވަށުގައި މި އަހަރު ބޭއްވީ އިންޑިއާ ސަރުކާރުގެ ހުއްދައާ އެކު ކަމަށާއި އެތަނުގައި ތިބި މީހުން ތިބީ މާސްކު ވެސް ނާޅާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެ އަވަށުން އެކަނި ވެސް 5،000 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އޭގެތެރެއިން މި ފެސްޓިވަލް ބާއްވާފައިވާ ކުރްނޫލް ޑިސްޓްރިކްޓުން ވެސް 626 މީހުން ފައްސި ވެފައިވެއެވެ.

މިފަދަ ބަލިބަޑުކަމެއްގެ ތެރޭގައި، އެއްވެސް ރައްކާތެރިކަމަކާ ނުލައި ފެސްޓިވަލުތައް ހިންގުމުން، އިންޑިއާގެ ވަރަށް ގިނަ ބަޔަކު ވެސް ވަނީ މިކަމާ ފާޑު ކިޔައިފައެވެ.

  1. ފޫހި

    މޮޔ ޖާހިލުބައެއް