ޚަބަރު

ޒާހިރު ހުސެއިންގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ހަވީރު" ނޫހުގެ ޗެއާމަން، އަދި ކުރީގެ ކުޅިވަރު މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

Ads by STELCO

ނާއިލާ އަވަހާރަވީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ޒާހިރު ހުސެއިންގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ހެޔޮ ދުޢާއާއި ތައުޒިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދާއި މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.

ކެއްކުމާ ގުޅޭ ބައެއް ފޮތްތައް ނާއިލާ ލިޔުއްވާފައިވެއެވެ. "ޒީނާރު" ގެ ނަމުގައި މަޝްހޫރު ރެސިޕީ ފޮތްތަކެއް ލިޔުއްވެވި ނާއިލާއަކީ އަމީނިއްޔާ ސްކޫލުގައި އިނގިރޭސި މާއްދާއާއި ހިސްޓަރީ ކިޔަވައިދެއްވުމުގައި މަސައްކަތް ކުރެއްވެވި، ޚިދުމަތްތެރި މުދައްރިސެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!