ޑޮލަރު ދޭނެކަމަށްބުނެ ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހެއްގެ ވަނަވަރު އާންމުކޮށްފި
ޑޮލަރު ދޭނެކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ ހޯދައިފައިވާ މައްސަލައެއްގައި މީހަކު ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައިގައި ތަހުގީގަށް ހާޒިރުވާން އަންގައިފައި ވަނީ މއ. ހަނީސަކްލް -1، އުމުރުން 35 އަހަރުގެ ޙުސައިން ޝިފާޢު( އައިޑީކާޑު ނަންބަރު A122522) އެވެ.
އޭނާ ހާޒިރުވުމަށް އަންގައިފައި ވަނީ ޖުލައި 10 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.