ބަންދުގައި ހުރި އަންހެނަކަށް ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތު

ފުލުހުންގެ ބެލުމުގައި ދަށުގައި ހުރިހާ އަންހެނަކަށް ފުލުހުން އަނިޔާ ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.
އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް ފުލުހުން ރޭ ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އަދި އެ އަންހެން މީހާއާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާ ގުޅިގެން އަންހެން މީހާގެ އެތައް އަނިޔާއެއް ލިބިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ އެ އަންހެން މީހާއަށް ލިބިފައިވާ ކަމަށް ބުނާ އަނިޔާގެ އެކްސްރޭއެއް ވެސް ހިއްސާ ކޮށްފައެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
މި މައްސަލަ އާދަމް ޝަރީފް ފެންމަތި ކޮށްފައިވާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ތ. ތިމަރަފުށި/އަސްރަފީވިލާ، އަޙްސަން މުހައްމަދަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އަހްސަންގެ މައްސަަލަ އެޗްއާރްސީއެމުން ވެސް އަންނަނީ ބަލަމުންނެވެ.
ތަރާވީހު ނަމާދުކުރަންސަޖިދައިއޮއްވަހޭހާނެޠްކަ ކުރީ