ޚަބަރު

ސަލްމާގެ ގަޔަށް ލޭ އަޅަން އިންތިހާއަށް ލަސްވިކަން ހާމަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ފެބްރުއަރީ މަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރު (25އ.) ގެ ގަައިން ލޭ ފޭބި މިންވަރު ޑޮކްޓަރުންގެ ޓީމަށް ނުބައިކޮށް އަންދާޒާ ކުރެވުނު ކަމަށާއި، އޭނާގެ ހަށިގަނޑަށް ލޭ އެޅުން އިންތިހާއަށް ލަސްވިކަން ހެލްތު މިނިސްޓްރީގެ ތަހުގީގަކުން ހާމަވެއްޖެއެވެ.

Ads by STELCO

ސަލްމާ ނިޔާވި މައްސަލަ ތަހުގީގުކޮށް، އޭނާގެ ފިރިމީހާއަށް އެ މިނިސްޓްރީން ފޮނުވި ކުރު ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށްފަހު އަންހެން މީހާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

މިނިސްޓްރީގެ ރިޕޯޓުން ބުނެފައިވަނީ، ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އެ އާއިލާއިން ހަމަޖައްސައި ކްރޮސްމެޗު ވެސް ހެދި ކަމަށެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ ސަލްމާ ގަޔަށް އަޅަން ޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށް ފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅައިފައި ނުވާ ކަމަށެވެ. އަދި ލޭ ގެނައީ ވެސް ސަލްމާ ގެ މޫނު މައްޗަށް އަނދިރިވާން ފެށުމުން ކަމަށް ހެލްތު މިނިސްޓްރީން ފޮނުވި ރިޕޯޓުގައި ބުނެފައިވެއެވެ.

"ބޭބީ ގެންދިޔައިރު ވެސް ބަލިމީހާ ވަރަށް ހެވިފައި އޮތްކަމަށް، އަދި އިރުކޮޅެއް ފަހުން ފުސްވާ ކަހަލަ ގޮތެއްވާ (މޫނު މައްޗަށް އަނދިރިވާން ފެށީ) ކަމަށް ބަލިމީހާ ބުނިކަމަށް އެހީތެރިޔާގެ ބަޔާނުން ފެންނަން ހުރުން، މި ކޭސްގައި ފާހަގަ ކުރެވުނީ ލޭ ދޭނެ ފަރާތެއް ހަމަޖައްސައިފައި ވީނަމަވެސް ބަލި މީހާއަށް ލޭ އެޅުމުގައި ލަސްވެފައިވާކަން" ހެލްތު މިނިސްޓްރީން ފޮނުވި ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.

ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅައިފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު ކަމަށް އެނގިފައިވެއެވެ. ރިޕޯޓުން ބުނެފައިވާ ގޮތުގައި ސަލްމާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށް އޭރު އޭނާ ބުނެފައިވެއެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގައެވެ.

ސަލްމާގެ ދަރިފުޅު ބަލަމުން ދަނީ އެ ކުއްޖާގެ ބައްޕައެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance
  1. ޢޭޑީކޭ ހޮސްޕިޓަލަކީ ރައްޔިތުން ފެލާ ފެންވަރު މޮޅު ފަރުވާކުޑަ ޑޮކްޓަރުން އާއި ނަރުހުން ތިބޭ ތަނަެއް. މީގެ ކުރިންވެސް މިކަންކަން ހިނގާފަ އެބަހުރި. ލިބުނު ހައްގެއް ނެތް. ބަޔާނެއް ނެރުނީމާ ނިމުނީ. ސާމިލުވި މީހުންގެ ކިބައިން މަރަށް މަރު ހިފަން ޖެހޭ.

    • ާިހަލީމާ

      އެއްވެސް އިރެއްގަ ޑަކްޓަރެއް ގަސްދުގަ އިންސާނެއް މާރާ ނުލާނެ. އެމީހުނަށް ވެސް ކުރެވޭނީ މަސައްކަތް. އެމީހަކު މަރުވެގެން ދާނީ ﷲ އެމީހެއްގެ މަރު ލިޔުއްވި ގޮތަކަށް. އޭޑީކޭ ގަ ތިބޭނީ ފަރުވާ ކުޑަ ޑޮކްޓަރުންނެއް ނޫން. އެމީހުން ކުރާ މަސައްކަތް ބާލާ ގަންނަން ނޭނގޭނީ ކަލޭ މެންނަަށް. އޭޑީކޭ އާ ދިމާލަށް މިއަދު އެއްޗިހި ކިޔާފަ މާދަމާވެސް އާއިލާ މީހެއް ބަލި ވީމަ ދުވާނީ އޭޑީކޭ އަށް ކަންނޭގެ

      • ޞިރު

        އެނޫން ގޮތެއް ބުނެބަލަ. އައިޖީއެމްއެޗްގައި ޖާގައެއްނެތް

  2. ޢަހުމަދު

    ޙެލްތު މިނިސްޓްރީގެ ޒިންމާ މި ރިޕޯޓާއިހިސާބުން ނިމުމަކީ ޤަބޫލުކުރެވޭނޭ ކަމެއްނޫން. އާއިލާއަށްބަދަލު ލިބިދޭންޖެހޭ.

  3. ޢާމިން

    ޢާއިލާއަށް ބަދަލުގަ ދޭންޖެހެނީ އަންހެންކުއްޖެއްތަ

  4. birubodu

    Ask akee kudakuda agehgai sarukaarun nagaigen rahyyithunge karutherein leybo durekiulaaeh nagaanee maasingaa bodethiagu varahsaafu ahfaalu kiyaameehaa sarukaarugai ulhunuiru kudaagugai hospitaldhinee miahfaalu reeyvumuge dhashun varahsaafu ingethoa adk akee meehunfelaathneh