الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

Ads by Sosun Fihaara

އަތުން އިޝާރާތްކޮށް ސަލާމް ކުރުމުގެ ގޮތުން ޢަސްކަރިއްޔާގައި އަތް އުފުލާފައި ނެގޭ ސެލިއުޓަކީ ޝަރީޢަތުގައި ޙަރާމް އެއްޗެކެވެ. މުސްލިމުންގެ ސަލާމްކުރާ ގޮތަކީ (އައްސަލާމް ޢަލައިކުމް) މިފަދައިން ބުނުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

(لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا ،  لَا تَشَبَّهُوا بِالْيَهُودِ وَلَا بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الْإِشَارَةُ بِالْأَصَابِعِ ، وَتَسْلِيمَ النَّصَارَى الْإِشَارَةُ بِالْأَكُفّ)

މާނައަކީ: "އެހެން ބަޔަކާ އެއްގޮތްވެއްޖެ މީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާ އިންނާއި އެއް ގޮތް ނުވާށެވެ. ހަމަކަށަވަރުން ޔަހޫދީން ސަލާމް ކުރަނީ އިނގިލިން އިޝާރާތް ކުރުމުންނެވެ. އަދި ނަޞާރާ އިން އަތްތިލައިން އިޝާރާތް ކުރުމުންނެވެ".

ޖާބިރު-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. (لا تسلموا تسليم اليهود ، فإن تسليمهم بالرؤوس والأكف والإشارة) މާނައަކީ: "ޔަހޫދީންގެ ސަލާމުން ތިޔަބައިމީހުން ސަލާމް ނުކުރާ ހުށި ކަމެވެ. ހަމަކަށަވަރުން އެބައިމީހުން ސަލާމް ކުރަނީ ބޮލުންނާއި އަތްތިލައިންނާއި އިޝާރާތުންނެވެ".

ގައުމީ ސަލާމް ކުޅޭ ގަޑީ ގައި ކޮޅަށް ތެދުވުމާ ބެހޭ ގޮތުން ސަޢޫދީގެ ޢިލްމުވެރިންގެ މަޖްލިސާއި ސުވާލު ކުރެވުމުން ޖަވާބު ދެއްވާފައިވަނީ މިފަދައިންނެވެ. "ގައުމީ ސަލާމް ކުޅޭ ގަޑީގައި އެޔަށް އިޙްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވުމަކީ މުސްލިމުންގެ މައްޗަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ޒަމާނުގައިވެސް އަދި ހަތަރު ޚަލީފާ އިން ގެ ޒަމާނުގައިވެސް ހިނގާފައިނުވާ ބޮޑުވެގެންވާ ބިދްޢަވެރި ޢަމަލެކެވެ. މުސްލިމުން މަތިވެރި ކުރަނީ ހަމައެކަނި ﷲ ތަޢާލާ އެވެ. ގައުމީ ސަލާމް މަތިވެރި ކުރުމަށް ކޮޅަށް ތެދުވުމުގެ މާނައަކީ ﷲ ގެ އެއްކައުވަންތަ ކަމުގެ ތެރެއަށް ޝިރްކު ވެއްދުމެވެ. އަދި މިކަމުގައި ކާފިރުންނާއި އެއްގޮތްވެ އެބައިމީހުންގެ ޢާދަ ކާދަތައް ކޮޕީ ކުރުން ހިމެނިގެންވެއެވެ. މުސްލިމުންނަށް އަމުރުވެވިގެންވަނީ އެބައިމީހުންނާއި އެއްގޮތް ނުވުމަށެވެ".

ސިފައިންގެ އޮފިސަރުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ސެލިއުޓް ނެގުމާއި ބެހޭ ގޮތުން ސުވާލު ކުރެވުމުން އެބޭފުޅުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

"މީސްތަކުންނަށް އިޙްތިރާމްކޮށް އެބައިމީހުންގެ ގަދަރު ދިނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަމުގައި ހައްދުފަހަނަ އަޅައި ދިޔުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ކާފިރުންނާއި އެއްގޮތް ވުމުގެ ގޮތުން ސެލިޔުޓް ނެގުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ". والله أعلم  .

Ads by HDC
  1. حرام

    އަސްލު ވަރަށް ގަމާރު މިހުންވެސް އުޅޭ

    • حلال

      ހަޤީގަމާރު ކަމަކީ ﷲ ގެ ދީން ނޭންގި ގަމާރުވުން. ނަބިއްޔާ ގެ ޙަދީޘްގަވޭ ފަހުޒަމާނުގައި މުއުމިނުން ވާނީ ބީރައްޓެހި ބައެއްކަމުގައި. އެކަން މިހާރު އެބާފެނޭ. ދީނުގައި އޮތްގޮތް ބަޔާން ކުރުމުން ފުރައްސާރަކުރަތަން މި ފެންނަނީ. އެކަމުވެސް ﷲ ގެ ދީން ދާނީ ކުރިޔަށް ހުރިހާ ޒަމާނެއްގައިވެސް ފުރައްސާރަ ކުރާ ނިހުންްއުޅުނު.

  2. ޔަހޫންދީނާއި ކާފަރުން އުޅެނީ ބޫޓަށްވެސް އަރައިގެން. އެހެންވީމަ ބޫޓަށް އެރުންވެސް ހަރާމް ވީ ބާ؟