ދީން

އަނބިމީހާ އިތުރު ފިރިހެނުންނާއެކު ސައިކަލު ދުއްވަން ގޮސް، އެކަހެރިވެ އުޅޭނަމަ ކަންތައް ކުރަންވީ ގޮތް!

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ސުވާލު: މީހެއްގެ އަނތްބެއްކަން ކަނޑައެޅިގެން އެނގޭ އިރު އޭނާގެ ފިރިމީހާ ރަށުގައި ނެތުމުން އެ އަންހެނާގެ ފަހަތުން އެހެން ފިރިހެނަކު އުޅުމަކީ ކޮންކަހަލަ ކަމެއްތަ؟ އަދި އަންހެނާ ވެސް މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ އެހެން ފިރިހެނަކާ އެކު ( ރޭގަނޑު ދަންވަރު ސައިކަލް ދުއްވަން ގޮސް، ކޮޓަރިތަކަށް ގޮސް ދެމީހުން އެކަނިވެ )  އުޅުމަކީ ކިހާވަރެއްގެ ކަމެއްތަ؟ މިގޮތަށް ކަންތައް ވަމުން ދާނަމަ އަންހެނާއާ މެދު ޙަލާލު ފިރިމީހާ ކަންތައް ކުރަންވީ ކޮންގޮތަކަށްތަ؟ އަދި މިގޮތަށް އުޅޭ އަންހެނަކަށާއި ފިރިހެނަކަށް ދޭން އޮތް ނަސޭހަތަކީ ކޮބާ؟

Ads by Hajj Corporation

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމް ދީނުގައި ހިލޭފިރިހެނަކާއި އަންހެނަކު އެކަހެރިވުން ހަރާމް ކުރައްވާފައި ވަނީ އެދެމީހުންގެ ތެރެއަށް ޝައިޠާނާ ވަންނާނެތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. "مَا خَلَا رَجُلٌ بِامْرَأَةٍ إِلَّا كَانَ الشَّيْطَانُ ثَالِثَهُمَا". މާނައަކީ: "ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ތިން ވަނަ މީހަކަށް ޝައިޠާނާ ހުންނާނެއެވެ."

އިސްލާމްދީނުގައި ކޮންމެކަމެއްވެސް މަނާކުރައްވާފައިވަނީ މަތިވެރި ޙިކުމަތް ތަކެއްގެ މައްޗަށެވެ. އެހެންކަމުން ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދީފާނެ ކޮންމެ މަގެއް ބަންދުކުރުމަށް އަންގަވާފައި ވެއެވެ. ހިލޭއަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހަރާމްކުރައްވާފައިވަނީވެސް އޭގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާއަކުން އިންސާނާ ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ.

ހިލޭއަންހެނަކާއި ފިރިހެނެއް އެކަހެރިވުމަކާއިނުލާ، ފާޙިޝް ޢަމަލަކަށް މަގުފަހިކޮށްނުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް ދެމީހުން އެކަހެރިވެ، ނުވަތަ ފާޙިޝް ވާހަކަ ދައްކަނީނަމަ، އިސްވެ ބަޔާން ކުރެވުނުފަދައިން އެއީ ޙަރާމް ކަމެކެވެ.

ސުވާލުގައި ބަޔާންވެގެންވާ ފަދަ ގޮތަކަށް އަނބިމީހާ އުޅޭ ކަމަށް ވަނީނަމަ އެފަދަ މީހުންނާއި އިނދެގެން އުޅުން ހުއްދަވެގެން ނުވެއެވެ. އެފަދަ މީހުންނާ އިނދެގެން އުޅޭ މީހުންނަށް ކިޔަނީ ދައްޔޫޘުންނެވެ. ދައްޔޫޘުންނަކީ އެމީހެއްގެ ކިބާގައި ޣީރަތްތެރިކަމެއް ނެތްމީހާއެވެ. ނުވަތަ ތިމާގެ އަނބިމީހާ ޒިނޭކުރާކަން އެނގޭޙާލުގައިވެސް އޭނާ ވަރިނުކޮށް ހިފަހައްޓައިގެން ހުންނަމީހާ އެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أَنَّاللَّهَسُبْحَانَهُوَتَعَالَىلَمَّاخَلَقَالْجَنَّةَقَالَ : وَعِزَّتِيوَجَلَالِيلَايَدْخُلُكبَخِيلٌوَلَاكَذَّابٌوَلَادَيُّوثٌ) މާނައަކީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގެ ހެއްދެވުމަށްފަހު، ސުވަރުގެ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުގެ ޢިއްޒަތާއި މަތިވެރިކަން ގަންދީ ވަޙީ ކުރައްވަމެވެ. ބަޚީލަކު، ދޮގުވެރިޔަކު، އަދި ދައްޔޫޘަކު ތިތަނަކަށް (ސުވަރުގެ) އަކަށް ނުވަންނާނެއެވެ".

އެހެން ޙަދީޘެއްގައިވެއެވެ. (إنَّالْمُؤْمِنَيَغَارُوَإِنَّاللَّهَيَغَارُوَغَيْرَةُاللَّهِأَنْيَأْتِيَالْعَبْدُمَاحُرِّمَعَلَيْهِ)وَقَدّقَالَتَعَالَى : (الزَّانِيلَايَنْكِحُإلَّازَانِيَةًأَوْمُشْرِكَةًوَالزَّانِيَةُلَايَنْكِحُهَاإلَّازَانٍأَوْمُشْرِكٌوَحُرِّمَذَلِكَعَلَىالْمُؤْمِنِينَ) މާނައަކީ: "ހަމަކަށަވަރުން މުއިމިނުންގެ ޣީރަތްތެރިކަމެއްވެއެވެ. އަދަ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޣީރަތްތެރިވެވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަކީ އަޅާ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުމެވެ، ހަމަކަށަވަރުން ﷲ ވަޙީ ކުރައްވާފައިވެއެވެ. (الزَّانِيلَايَنْكِحُإلَّازَانِيَةًأَوْمُشْرِكَةًوَالزَّانِيَةُلَايَنْكِحُهَاإلَّازَانٍأَوْمُشْرِكٌوَحُرِّمَذَلِكَعَلَىالْمُؤْمِنِينَ) މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާ ނުވަތަ މުޝްރިކް އަންހެނަކާ މެނުވީ ކައިވެންޔެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނުން ޒިނޭކުރާ ފިރިހެނަކާ ނުވަތަ މުޝްރިކަކާ މެނުވީ ކައިވެނި ނުކުރާނެއެވެ. މިކަންތަކަކީ މުއިމިނުންގެ މައްޗަށް ޙަރާމް ކުރެވިގެންވާ ކަންތަކެވެ". އެހެންކަމުން ޒިނޭކުރާ އަންހެނަކު ތައުބާ ވުމުން ނޫނީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ މުއިމިނުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އަދި ކައިވެންޔަށްފަހުގައި އޭނާ ޒިނޭ ކުރާނަމަ އެކުގައި ގެންގުޅުމަކީ ޙަރާމްކަމެކެވެ. އެގޮތަށް ގެންގުޅެނީނަމަ އެފަދަ މީހަކު ވާހުށީ ދައްޔޫޘުންގެ ތެރެއިންނެވެ. މިއާޔަތުން ދޭހަވާ ގޮތުގައި މުސްލިމުންގެ ތެރޭގައި ދައްޔޫޘުން ތިބެއެވެ.

މީގެ އިތުރުން ތިމާގެ ކައިވެނި ޙަރާމްވާ އަންހެނުން ޒިނޭގެ ފާޙިޝް ކަންތަކުގެ ތެރެއަށް އަރައިގަންނަކަން އެނގި، އެކަން މަނާ ނުކުރާ މީހުންނަކީ ވެސް ދައްޔޫޘުންގެ ތެރޭގައި ހިމެނޭނެ ބައެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދައްޔޫޘުންނާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. (ثَلَاثَةٌلَايَنْظُرُاللّهُعَزَّوَجَلَّإِلَيْهِمْيَوْمَالْقِيَامَةِ: اَلْعَاقُّلِوَالِدَيْهِ ، وَالْمَرْأَةُالْمُتَرَجِّلَةِ ، وَالدَّيُّوْثِ) މާނައަކީ: "ގިޔާމަތްދުވަހުން ރަޙްމަތުގެ ނަޡަރަކުން މާތް ﷲ ބައްލަވާ ވޮޑިގެން ނުވާ ތިންބައެއްވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި، ދައްޔޫޘުންނެވެ".

އަންހެނުން ދައްޔޫޘުންގެ ތެރެއަކަށް ނުވަދެއެވެ. ދައްޔޫޘުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ޞިފައެކެވެ. ސަބަބަކީ އަންހެނުން ނުބައިމަގުތަކުން ދިޔުމުން ސަލާމަތް ކުރަންތިބި ބަޔަކީ ފިރިހެނުންކަމަށްވާތީވެ އެވެ. އަންހެނަކު އެފަދަ ނުބައިމަގަކުން ދާކަން އެނގިިހުރެ އެކަމާ އަޅައިނުލައި، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫޘުންނޭ ކިޔެއެވެ.

ސްޓޭޖްޝޯ ތަކުގައި އަންހެނުންނާއި ފިރިހެނުން ނަށާ ހެދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެގޮތަށް ހިލޭފިރިހެނުންނާއި އެކު ނެށުމަށް ތިމާގެ ޙަލާލު އަނބިމީހާ ދީގެން ހުންނަ ފިރިހެނުންނަކީ ދައްޔޫޘުންނެވެ. މިފަދަ ނެށުން ތަކުގެ އާޚިރު ނަތީޖާއަކަށްވެފައި އޮންނާނީ ނުބައި ކަންތައް ގަނޑެއްގެ ތެރެއަށް މީހާ ވެއްޓިގެން ދިޔުމެވެ.

ސްޓޭޖްޝޯގައި ނަށަނީ ދެމަފިރިން ކަމުގައި ވީ ނަމަވެސް އެކަމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ދެމަފިރިންގެ ލޯބި ކުރުމުގެ ކަންތަކަކަކީ އެހެންމީހުންނަށް ފެންނަ ގޮތަށް ބޮޑު ސްކީރުނުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އެކަހެރިވުމުގެ ތެރޭގައި އެހެންމީހުންނަށް ނޭގޭ ގޮތަށް ކުރަން އޮންނަ ސިއްރު ކަމެކެވެ. ހިލޭފިރިހެނުން ކުރިމަތީގައި ތިމާގެ އަންހެނުން "ސޭލް" އަޅުވައިގެން އޭނާގެ ރީތިިކަމާއި ފަރިކަން ދައްކަމުން ނެށީމާ، އެހެންފިރިހެނުުންގެ ހިތް އެއަންހެންމީހާ އަށް ކިޔާ، އޭގެ ސަބަބުން ނުބައި ކަންތައްގަނޑެއް ހިނގާނެކަމީ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އިންކާރު ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، ތިމާގެ ޣީރަތްތެރިކަމެއް ހުރިނަމަ، ތިމާގެ ޙަލާލު އަނބިމީހާ ނިވާކުރުވާ، ހިލޭފިރިހެނުންނަށް އޭނާގެ ރީތިކަމާއި ފަރިކަން ފެނުނަ ނުދޭނެކަން ކަށަވަރެވެ. އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމައެވެ. އެހެންކަމުން އެފަދަ މީހުންވާނީ ދައްޔޫޘުންނަށް ކަން ކަށަވަރެވެ. މިފަދަ ނުބައި ވަބާތަކުން އަޅަމެން ސަލާމަތް ކުރައްވާށި، އާމީން. والله أعلم  .

Ads by Allied Insurance
  1. ނާޖީޔާ

    އަބިމީހާ ހިލޭފިރިހެނަކާ ެއެކު ދުއްވާލަން ގޮސް ވާހަކަަ ދައްކާާލާފަ އްައުމަކުން މައްސަލަ އެއް ނުވާނެ ތަ؟.

    އޭގަ ފިރިމީހާ އަށް ދައްޔޫޘުން ކިޔޭނެތަ؟