ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު ކުވެއިތަށް ފުރައިވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރައިވަޑައިގެންފިއެވެ.

Ads by STELCO

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަސް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި މިނިސްޓްރީގެ ޑިރެކްޓަރު މޫމިނާ އިބްރާިމް އަދި އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ސަލްމާން ޒަކީ ބައިވެރިވެ ލައްވައެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން އަދި ކުވެއިތުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރަސްމީ ދަތުރުފުޅެއްގައި މި ރޯދަ މަހު ވެސް އިންޑިއާއަށް ދަތުރު ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!