ޚަބަރު

ބަރުލަމާނީ ނިޒާމުގެ ދިފާޢުގައި އެމްޑީޕީގެ ސޯޝަލް މީޑިއާގެ ލަސްކަރު ހަނގުރާމައަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، އޯގަސްޓް 18، 2007 ގައި ނެގި ވޯޓުގެ 62 ޕަސެންޓުން ނިންމީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ފޮނުވި މެސެޖާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ވަނީ ފަށައިފައެވެ. މިއާއެކު ރައީސް ނަޝީދަށް ސަޕޯޓް ކުރާ ފަރާތްތަކުން ވަނީ ޓްވިޓަރ "ހިސާރު"ކޮށްފައެވެ. އަދި ބަރުލަމާނީ ނިޒާމަށް ތަޢީދުކޮށް މުޅި ޓްވިޓަރ ވަނީ ފުރައިލައިފައެވެ.

Ads by Sosun Fihaara

ޓްވިޓާގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ނަޝީދުގެ ސަޕޯޓަރުން ކުރަމުން ގެންދާ ޓްވީޓްތައް ނަޝީދުގެ  ޓްވިޓާ އެކައުންޓެއް ކަމަށްވާ ބުނާ އެލެކްސް އަހްމަދު އިން ގެންދަނީ ރީޓްވީޓް ކުރައްވަމުންނެވެ.

ޓްވިޓަރގައި ޚިޔާލު ފާޅުކުރަމުންދާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ، އެމްޑީޕީ ފަރުމާކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް ކަމަށާާއި ދިވެހިން އެދޭ ފަދަ ވެރިކަމެއް ކުރެވެން އޮތް އެންމެ އެކަށޭނަ ގޮތަކީ ވެރިކަން ހިންގުމުގެ ނިޒާމު އެގޮތަށް ބަދަލު ކުރުން ކަމަށެވެ.

އަދި ރައީސް ނަޝީދަށް ބޮޑު ވަޒީރު ކަން "ހައްޤު" ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރާ ސަބަބު ވެސް އެމްޑީޕީގެ ސަޕޯޓަރުން ދަނީ ހާމަ ކުރަމުންނެވެ.

2007 ވަނަ އަހަރު އޮތް އިންތިޚާބުގެ ޕޯސްޓަރުތަކާއެކު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ނިކުމެފައިވާއިރު، ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރާ މެންބަރުންގެ ތެރެއިން ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަދި މިމައްސަލައިގައި ހަނު ތިއްބެވިކަން ފާހަގަ ކުރެވެއެވެ.

  1. ކިނބޫ

    މާލޭ މޭޔަރުކަމަށްވެސް ލަޝްކަރުތައް ނުކުމެ ހޭބޯ ނެތި ތެޅިބޭލި. ރައްޔިތުންނާ ހަނގުރާމައަށް ނުކުމެބަލަ ނިކަން. ވާގޮތް އެނގީދާނެ. ބައިގަނޑު ތަޅާ ބަލި ކޮށްލަންވީ. ބޮޑު ބލއެއް.