ލައިފްސްޓައިލް

ކަސްރަތު ކުރަން ކަންނެތް ވަނީތަ؟ ހާސްނުވޭ، މިއޮތީ ތިކަމަށް ވެސް ހައްލެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގިނަ މީހުންނަށް ކަސްރަތު ކުރުމަކީ އާދަވެގެން ކުރަން ވަރަށް އުނދަގޫކަމެކެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ ކަސްރަތު ކޮށްގެން ނަމަވެސް ނުވަތަ ނުކައި ހުރެގެން ނަމަވެސް ބަރުދަން ލުއި ކުރުމަށެވެ. އެއީ ބަރުދަން އިތުރުވުމަކީ ސިއްޙީ ގޮތުން ވެސް ނުރައްކާތަކާ ކުރިމަތި ވާނޭކަމަކަށް ވާތީއާ ވެސް އެކުގައެވެ.

Ads by STELCO

ހަށިގަނޑުގައި އިތުރުވާ މަސްތަކުގެ ސަބަބުން ނުވަތަ ސަރުބީގެ ސަބަބުން ހިތުގެ މައްސަލަތަކާއި ހަކުރާއި ލޭ މައްޗަށް ދިއުން ފަދަ ކަންތައްތައް ވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމު ވަމުންދާއިރު، އެކަންކަމަށް ވިސްނައިގެން ކެއުމަށް ވެސް ބަދަލު ގެނައުން ވަރަށް މުހިންމެވެ. ފުރަ މެއަށް ދިމާވާ ބަލިތަކާއި ކެންސަރު ވެސް މި ފަހަކަށް އައިސް އިންތިހާއަށް ވަނީ ގިނަ ވެފައެވެ.

މި ލިޔުމުގައި މިފަހަރު މި ފާހަގަ ކޮށްލަނީ ކަސްރަތު ނުކުރި ކަމުގައި ވި ނަމަވެސް ފަސޭހަ ގޮތަކަށް ބަރުދަން ލުއި ކުރެވިދާނެ ގޮތަކަށެވެ. މިއީ ވަރަށް ފަސޭހައިން ގޭގައި އަމިއްލައަށް ތައްޔާރު ކޮށްލެވިދާނެ މީރު ބުއިމެކެވެ. މި ބުއިމަކީ ސަރުބީ ވިރުވައިދޭ ބުއިމަކަށް ނުވިޔަސް މި ބުއިން އާދަވެގެން ބޭނުން ކުރާނަމަ ތިބާގެ ހަށިގަނޑުގައި މެޓަބޯލިޒަމް އިތުރުކޮށްދެއެވެ. މެޓަބޯލިޒަމްގެ ސަބަބުން ތިބާގެ ހަށިގަނޑުގައި ސަރުބީއާއި، ފެޓްސް އުފައްދާ މިންވަރު ވަރަށް ބޮޑުތަން ދަށްކޮށްދޭނެއެވެ. އޭގެ ސަބަބުން އިސާހިތަކު ބަރުދަން ލުއިވެގެން ދާނެއެވެ.

ބޭނުންވާ ތަކެތި:

  • 2 ސައިސަމުސާ މާމުއި
  • 1 ސައިސަމުސާ ފޮނިތޮށި
  • 1 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ފެންފޮދު ރަނގަޅަށް ކެކެންދެން ކައްކާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް މުގުރާފައި ހުރި ފޮނިތޮށިކޮޅު އަޅާށެވެ. އެއަށް ފަހު އާވި ބޭރު ނުވާނޭހެން މަތި ޖަހައި ބަންދު ކޮށްލާށެވެ. ދެން ހިހޫ ވަންދެން ބެހެއްޓުމަށްފަހު ހިހޫވުމުން މާމުއި ފޮދު އޭގެ ތެރެއަށް އަޅާށެވެ. އަދި ރަނގަޅަށް ގިރާލާށެވެ.

ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން މީގެ އެއްބައި ބޯށެވެ. އަދި އަނެއްބައި އައިސް އަލަމާރީގައި ބަހައްޓާށެވެ. ހެނދުނު ހޭލުމަށްފަހު ހުސްބަނޑާ ހުރެ ބާކީ ހުރި ބައި ބޯލާށެވެ. ދެން ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު ވެސް މިގޮތަށް ތަކުރާރު ކުރާށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ތިމާގެ ހަށިގަނޑުން ތަފާތުތަކެއް ފެންނާން ފަށާނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!