ބަރުލަމާނީއަކީ ރިޝްވަތުގެ މަގުން ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފުރުސަތު އޮންނަ ނިޒާމެއް: ގާސިމް
ބަރުލަމާނީ ނިޒާމަކީ ރިޝްވަތާއި ކޮރަޕްޝަންގެ މަގުން ދައުލަތުގެ މުދަލަށް ޚިޔާނާތްތެރި ވުމުގެ ފުރުސަތު އިންތިހާއަށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި، ބަރުލަމާނީ ނިޒާމަކީ ހުރިހާ ބާރެއް މަޖިލިހުގެ ތެރެއަށް ޖަމާވެފައި އޮންނަ އަދި އެ ނިޒާމުގެ ތެރޭގައި، ބޭނުން ވަރަކަށް (ބާރު ލިބިފައި އޮންނަ މީހާއަށް) ރިޝްވަތާއި ކޮރަޕްޝަންގެ މަގުން ދައުލަތުގެ މުދަލަށް ޚިޔާނާތްތެރި ވުމުގެ ފުރުސަތު ވެސް އިންތިހާއަށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމުގައެވެ.
ސަރުކާރުގެ ގިނަ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ބޭނުންވެގެން އުޅެނީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް މަޖިލިހުގެ ތެރެއަށް ޖަމާކޮށް "ޕްރައިމް މިނިސްޓަރުގެ ނަމުގެ ހުރިހާ ބާރެއް އަތަށް މަހާލަން" ބޭނުން ވެގެން ކަމުގައެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށާއި ބޮޑު ވަޒީރުކަން ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރޭ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މެސެޖު ކުރެއްވުމާ ގުޅިގެންނެވެ. އެ މެސެޖަށް ޖަވާބެއްގެ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ، މި ވެރިކަމުގެ ނިޒާމު ބަދަލު ކުރެވެނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ބަރުލަމާނީ އަދި ރިޔާސީ ނިޒާމުގެ މި ބަހުސާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވެގެން އުޅޭ ހަގީގީ ސަބަބަކީ، މުޅި ރައްޔިތުންގެ ވޯޓުން %50 އާއި 1 ވޯޓު ނުލިބޭނެކަން ޔަގީން ވާތީ ކަމުގައެވެ.
ދިވެހިރާއްޖޭގެ ވެރިކަމަށް ލާހިކު ކުޅަދާނައެއް ނޫން އަވަށްޓެރި ބޮޑުބޭބެ ބަޑިދިއްކޮށްގެންވެސް ގާތްވާކަށް. ލާދީނީ ފިރުއައުނުންނަށް ރައްޔިތުން އަބަދުވެސް ބުނާނީ ނޯ އޭ. މަޖިލިހަށާ ކައުންސިކްތަކަށް ގައުމުގަ ތައުލީމާ ތަޖްރިބާހުރި ހަރު މީހުންތިއްބާ ކިރިބޯ ކުދިން މިލަނީވެސް އެކުދިންފެ ބޮލަށް ސަވާރުވެގެން ރިޝަވަތުގެ ދޮރު ތަނަވަސްކުރަން…
ޢަމިއްލަ އެދުމާއިހެދި މީނަޔާ އިމްރާނު އުޅޭނީ. ޢަބަދުވެސް އޮންން ސަރުކާރަކުން ބޭނުންވާ ކަމެއް ނުވާއިރށް ތެޅޮގަންނާނެ. ޥީމާ ނިމިނީ. ޙެޕީ. ޢެ ވެސް ރައްޔަތުންނަށޓަކާ. ޢޭޕޯ ޖޭޕީ މިހާރު ދެން ނަމެއްގައި.