ޚަބަރު

ރެޑްނޯޓިސް ނެރެގެން ވެސް ޢަލީ ވަހީދުގެ މައްސަލަ ކުރިއަށް ގެންދާނަން: ޕީޖީ ޝަމީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ޝަރީޢަތަށް ޙާޒިރުކުރުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޝަރީޢަތް ކުރުމާ ބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވައިދުގައިވާ އުސޫލްގައި މީހާކު ކޯޓަށް ޙާޒިރު ނުވެއްޖެއްޔާ ޢަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ޙާޒިރުކުރުން ބަޔާން ކުރެވިފައިވާނެ ކަމަށެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ ޓުއަރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުން އުފުލާ އެ މައްސަލަތަކުގެގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް ޢަލީ ވަހީދު ރާއްޖެ ފިލައިގެން ގޮސްފައި ވަނިކޮށެވެ.

ޢަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެ ދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

ޝަމީމް ވިދާޅުވީ މިހާރު ދިރިއުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭކަމަށް ބުނެ އެމައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވާއިރު، އެޑްރެސް ނޭނގޭ ޙާލަތްތަކުގައި ޢަމަލުކުރަން ޖެހޭ އިޖްރާޢަތްތައް ހައިކޯޓުން ފުރިހަމަ ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޖާނޭ

    ތިޔައީ،ހަމަ ތާކުން ތާކު ނުޖެހޭ ހޮޅިވާހަކަ. ތިޔަ ޝަމީމަށް ބޭނުންވާނީ އުންސުރާއި ފަންސުރު ހޯދައި ތޫނު ކުރަން. ޤައުމުގެ އެންމެ ބޮޫ ޖޯކް.