އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ ހޮނިހިރު ދުވަހު ހުޅުވައިލަނީ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ދާއިރާތަކުގެ ރައީސުންނާއެކު މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި އަންނަ ހޮނިހިރު ދުވަހު ހުޅުވައިލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ކުރިން އިއުލާނެއްގައި ބުނެފައި ވަނީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވެސް އަންނަ ހޮނިހިރު ދުވަހު އާންމު ކުރާނެ ކަމަށެވެ. އަދި އެ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް އޭޕްރީލް މަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަލައިގަނެވޭނެ ކަމުގައި ވެސް މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އެންމެ ފަހުގެ ލިސްޓު އާންމު ކުރަން ނިންމައިފައި ވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގައުމީ މަޖިލީހުގެ ކެމްޕެއިން ވެސް ފަށައިފައެވެ. ސަރުކާރުގެ އިސް ވެރީން ވެސް މި އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައި ވެއެވެ.
ގައުމީ މަޖިލިސް އިންތިޚާބުގެ ވޯޓްލުން އެ ޕާޓީން ޝެޑިއުލް ކޮށްފައި ވަނީ މިއަންނަ މަހުގެ 29 ވަނަ ދުވަހަށެވެ.