ޚަބަރު

މާފުށްޓާއި ގުޅިއަށް އަރައި ފޭބުން މަނާކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
މާފުށި ފްލޫ ކްލިނިކް އިން ހިދުމަތް ހޯދުމަށް ފަތުރުވެރިންތަކެއް ކިއޫގައި ފޮޓޯ: ޓުވީޓަރ

ކ. މާފުށްޓާއި ގުޅިއަށް އަރައި ފޭބުން މަނާކޮށްފިއެވެ.

Ads by STELCO

މި ދެރަށް ވެސް މޮނިޓަރިންގެ ހާލަތަށް ލެވި ރަށަށް އަރައި ފޭބުން މަނާ ކޮށްފައި ވަނީ، ދެ ރަށުގެ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކެއް ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުންނެވެ.

މާފުށީ ހެލްތު ސެންޓަރުގެ އޮފިޝަލަކު "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެރަށުން ފައްސިވެފައި ވަނީ އަލާމަތްތައް ފެންނަން ފެށުމުން އެރަށު ފްލޫ ކްލިނިކަށް ދައްކައި ޓެސްޓު ހެއްދި މީހަކު ކަމަށެވެ. އަދި އެ މީހާ ފައްސިވުމާ ގުޅިގެން އެރަށުގައި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމުގައި މާފުށި ހެލްތު ސެންޓަރުން މައުލޫމާތު ދެއްވިއެވެ.

ގުޅީ ކައުންސިލުން "ދެން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ މާބަނޑު އަންހެނެއް ކަމަށާއި، އޭނާއަކީ އެރަށުގައި ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އަދި އޭނާ ޓެސްޓު ހެދީ ވެސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ އެންގުމުގެ ދަށުން ކަމުގައި ވެސް ގުޅި ކައުންސިލުން ބުނެއެވެ. މި ކޭސްއާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް މައުލުމާތު ލިބެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!