ޚަބަރު

ފްލައިން ސްކޫލުގެ ދަރިވަރުން ބޭނުން ކުރާނެ ބޯޓެއް ނެތް، ކިޔެވުން ހުއްޓިފައި: ޔޫނިއަން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގައި ދަރިވަރުން ބޭނުންކުރާނެ ބޯޓެއް ވެސް ނެތް ކަމަށާއި، ދަރިވަރުން ކޯސް ފުރިހަމަ ކުރާނެ ގޮތް މިހާރު ހުސްވެއްޖެ ކަމަށް އެ ސުކޫލުގެ ދަރިވަރުންގެ ޔޫނިއަން އިން ބުނެފިއެވެ.

Ads by Hajj Corporation

އެ ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައިި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެސް އެ ސުކޫލުގައި ބޭނުންކުރާނެ ބޯޓެއް ނެތް ކަމަށާއި، އެކަން އެ ސުކޫލުގައި ކިޔަވާ އެއްވެސް ދަރިވަރަކަށް ވެސް ނޭނގޭ ކަމަށެވެ. އެކަން ޔޫނިއަންއަށް ވެސް އެނގި ކަށަވަރު ކޮށްދިނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އިތުރުވި ބޮޅެއް ކަމަށް އެ ޔޫނިއަނުން މި މައްސަލަ ސިފަކޮށްފައިވާ އިރު، މުޅިއެކު 18 މަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭ ކޯހެއް ބައެއް ދަރިވަރުންނަށް ހަތަރު އަހަރުގެ ތެރޭގައި ވެސް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް ޔޫނިއަނުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އެ ސުކޫލުން ބުނީ ކިޔެވުން ދިގު ދެމިގެން ދަނީ ދަރިވަރުން ފަރުވާ ކުޑަ ކުރާތީ ނޫން ކަމަށާއި، މައްސަލައަކީ އޭއޭއޭ ގެ އިހުމާލު ކަމުގައެވެ.

އެ ދަރިވަރުންނަށް ކުރިމަތިވާ އެންމެހާ ތަކުލީފްތައް މިދިޔަ އަހަރު އެކި އިދާރާތަކަށް ހިއްސާކުރި ނަމަވެސް އަދިވެސް ހައްލެއް ނުލިބޭ ކަމަށް ޔޫނިއަނުން ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން ދަރިވަރުންނަށް ފުރައްސާރަ ކުރާ މައްސަލަ ތިން މަސް ކުރިން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އެހެން ނަމަވެސް އެއްވެސް ކަމަކަށް ހައްލެއް ނުލިބޭ ކަމަށާއި ދަރިވަރުންގެ ތައުލީމު ފުރިހަމަ ކުރަން ބޭރަށް ފޮނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް އަމަލީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ޔޫނިއަންގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި އޭއޭއޭއިން ދަރިވަރުންނާ މެދު އިހުމާލު ވެފައިވާ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ނަމަވެސް މިހައިތަނަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!