ލުއި ޚަބަރު

ހޮނު އެޅީ ގަޔާ އެންމެ ދެތިން ފޫޓު ދުރަށް، ސަލާމަތްވީ ކިިރިޔާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރިޔާދް، ސައުދީ އަރަބިޔާ: މީހެއްގެ ގަޔާ ދެތިން ފޫޓު ދުރުގައި އޮތް ކާރަކަށް ހޮނު އެޅި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

Ads by Hajj Corporation

މި ވީޑިއޯގައި ދައްކުވައި ދެނީ މީހަކު ހިނގާފައި ދަނިކޮށް އޭނާގެ ފަހަތުން ވިދާލި ވިދުވަރަކާއެކު ހޮނު އަޅާ މަންޒަރެެވެ. އަދި ހޮނު އަޅާފައި ވަނީ އޭނާގެ ގަޔާ މާ ދުރު ނޫން ހިސާބަކަށެވެ. ދެތިން ސިކުންތުގެ އެ ވީޑިއޯ ވަނީ ހޮނު އަޅާ ހިސާބުން ނިމިފައެވެ.

މި ވީޑިއޯ ކޮށްފައި ވަނީ އެމީހާގެ ގާތްތިމާގެ މީހެކެވެ. ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ އެ މީހުން ދިޔައީ އެ މާހައުލުގެ މަންޒަރުތައް ވީޑިއޯ ކުރަމުން ކަމަށެވެ. އަދި އެތަނުގައި އޮތް ކާރަކަށް ހޮނު އެޅީ އެމީހުން އެ ކާރާ ނުހަނު ގާތުގައި ތިއްބާ ކަމަށާއި އެމީހުންނަށް ގެއްލުމެއް ނުވީތީ ﷲއަށް ހަމްދު ކުރާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، މިފަދަ ބާރުއަޑެއް އަދި މިފަދަ މަންޒަރެއް ވެސް މީގެ ކުރިން އޭނާ ތަޖުރިބާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ވަގުތު އޭނާ ވަރަށް ބިރުގަތް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!