ޚަބަރު

ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް އަހަރު ސިފައިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާން ކޮށްފިއެވެ.

Ads by MWSC

ކުރިއަށް އޮތް އަހަރު ސިފައިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "ސިފައިންގެ ޤާބިލްކަން – ޤައުމުގެ އަމާންކަން" އެވެ. މި ޝިޔާރު އިއުލާންކޮށްދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީއެވެ.

ކަޅުތުއްކަލާ ކޮށީގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުރުން ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޖޭ ސްޓާފުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ވޮރަންޓް އޮފިސާ ގްރޭޑް 3 ރޭންކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

އެރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް ވެރިން އަދި މިނިސްޓަރ މަރިޔާ އަހުމަދު ދީދީ ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

9 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!