ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި މަތިންދާބޯޓަކަށް ގެއްލުން ލިބިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި ސްރީލަންކަން އެއަރލައިންސްގެ A320ގެ ބޯޓަކަށް ގެއްލުން ވެއްޖެެއެވެ.
މި ހާދިސާ ހިނގައިފައި ވަނީ މިއަދު 15:30ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބޯޓުން މީހުން ބާލާ ސިޑިން ޖެހިފައި ބޯޓުގެ ފިޔަގަނޑު ވަނީ ހަލާކު ވެފައެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި ހާދިސާ ހިނގީ ބޯޑިން ނިންމުމަށް ފަހު މީހުން ބޯޓަށް އަރާ ސިޑި ދުރު ކުރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އަދި މިކަން ތަހުގީގު ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ވަނީ މަސައްކަތް ފަށާފައި ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ބުނެފައި ވެއެވެ.
ތިވަރުން ތިދިޔައީ ދިވެހިންގެ ހުށިޔާރު ކަމުން
ޠިވަރުގެ ކަމެއް ވެދާނެ.ހަލާކު ނުވާބައިތާ ބޮޑީ