އިދިކޮޅުން މުޒާހަރާއަށް ނިކުތުމާއެކު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފި

އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަން ފެށުމާއެކު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ގޮވާލަމުން ދަނީ ރައީސް ޔާމީން ދޫކޮށްލުމަށެވެ. މިސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދާއިރު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދަށް އާންމުންނަކަަށް ވެސް ނުވަދެވެއެވެ.
މުޒާހަރާގެ ބައިވެރިން ރައީސް ޔާމީން ދޫކޮށްލަން ގޮވާލާއިރު އެމީހުން ތިބީ ރައީސް ޔާމީންގެ މޫނު ސިފަވާ މާސްކު އަޅައިގެންނެވެ.
އިހުތިޖާޖު ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކި މަގުތަކުގައި ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދު ކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ޝީލްޑް ހިފައިގެން ވެސް މަގު ބަންދުކޮށްގެން އެބަތިއްބެވެ.
މުޒާހަރާ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކުރިއަށްދާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ސަފުގެ ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މަގުމައްޗަށް ނުކުތީ މިފަދަ ބަރަކާތްތެރި މަހެއްގައި ވެސް ރައީސް ޔާމީން ބަންދުކޮށްގެން ރަޙުމެއް ނެތި ގެންގުޅޭތީ ކެތްނުވެގެން ކަމަށެވެ. އަދި މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީޕީއެމުން ވަނީ ރަމަޟާން މަހުގެ ކުރީން ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ހުކުރު ދުވަހަކު ގެންދިޔަ އެ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ.
މިދިވެހި ރާއްޖޭގެ ޤާނޫނުއަސާސީއެއް ނޯއޮއްނަނީބާ؟ މިނިވަންކަމާއި އެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގު ކޮށްމެ ރައިޔަތަކަށް ވެސްލިބިގެން ވާކަމަށް ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ލިޔެވިފައި ވާހިދު މިފަދުގެ އަމަލުތަށް ޕޮލިހުންނާއި ސިފައިން ހިންގުމަކީ ވަރަށްވެސް ނާތަހުޒީބީއަމަލުތަކެށް މީކީމިވެރިން މިކިޔާ ޑިމަކުރެޓިކް ދަންނަ އުސޫލެށް ނޫންކަން ދާހަގަކުރަން ވެދާނެއެހެންވެސް ރާއްޖޭގެ ޑިފެންސް މިނިސްޓަރަކީ ދިވެހި ޤާނޫނު އަސާސީ މައްޗަށް ކޮޅުފައިން އަރާއެއަސާސީގެ ހުރުމަތް ކަޑާފައިވާމީހެށް.ހޯމްމިނިސްޓަރަކީ މުޅިގައުމުގެ ކުރިމަތީއެތެށްދޮގެއް ހަދާފައިވާމީހެށް ޕޮލިސް ކަމިސްނަރ އަކީކުލަބު ތަކުގަހަމައެއް ލަމައެށް ނެތިޑާންސް ކޮށްއުޅުނުީހެއް ވީމާރާއްޖޭގެއަމްނުގެ އޮނިގަޑުގެ ފޭރާމްގެ ހާލަތަކީ މީ