ވިޔަފާރި

ދިރާގު ނައު އެމްވީ އެޕް: މި ފަހަރު ވެސް ރޯދަ މަހަށް ޚާއްސަ ފީޗަރތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މި ފަހަރު ރޯދަ މަހާ ދިމާކޮށް ވެސް އައުފީޗަރ ތަކެއް އިތުރު ކޮށްފިއެވެ.

Ads by STELCO

ދިރާގު ނައު އެމްވީ ގެ އެންމެ ޚާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލެވުމެވެ. މި ފަހަރުގެ މި މާތް މައްސަރާ ދިމާކޮށް ވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ޚާއްސަ ފީޗަރސް ތަކެއް ނައު އެޕަށް އިތުރު ކޮށްފައެވެ.

އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ޤުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް އިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށްފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މަޢުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ޝާއިއު ކުރެއެވެ. އެގޮތުން އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ހިމެނެއެވެ. އަދި ހަމައެއާއެކު، ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މަޢުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ވަނީ ހިމަނާފައިއެވެ.
 

މީގެ އިތުރުން، މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާއެކު ދައްކާލެވޭނެއެވެ. ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރިކޮށް ޒަކާތާއި އެކީ ޞަދަޤާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލާފައިއެވެ. ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެއެވެ.


މި
އެޕްގައި ރޯދަ މަހަށް ޚާއްސަ އެހެނިހެން ފީޗަރ ތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައް ހިމެނެއެވެ. އަދި ހަމައެއާކު ރޯދަވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީ ތަކާއި އެކި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައް ވެސް ނައުއެޕްގައި ހިމެނެއެވެ.


ދިރާގުން
މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންނަށް މުހިންމު ފީޗަރތައް ނައު އެޕްގައި ހިމަނާ، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!