ރެސިޕީ

ދެން ރެސިޕީ: ފަސޭހައިން ތައްޔާރުކޮށްލެވޭ ސްޓޯބެރީ ލެމޮނޭޑް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދަ ވީއްލާ ވަގުތަކީ ގިނަ މީހުން ފިނިގަދަ އެއްޗެއް ބޯލާހިތްވާ ވަގުތެކެވެ. ސްޓޯބެރީ ލެމޮނޭޑް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، ފިނި އަދި އެހާމެ މީރު ބުއިމެކެވެ.

Ads by WAMCO

ބޭނުންވާ ތަކެތި: ( 2 މީހުންނަށް ބޮވޭ ވަރަށް)

½ ތަށި ލުނބޯ ހުތް

3 މޭޒުމަތީ ސަމްސާ ހަކުރު

2 ތަށި ފެން (ފިނި ކޮށްފައި)

4 ސްޓރޯބެރީ ކުދިކޮށް ކޮށާފައި

10 ފަތް މިންޓް ލީފް

1 މޭޒުމަތީ ސަމްސާ ސަންކުއިކް ޖޫސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ 2 ޖޯޑު ފެނަށް ހަކުރު އަޅައި ރަނގަޅަށް ގިރާލާށެވެ. ގިރާލުމަށް ފަހު މިކްސަރަށް ލުނބޯ ހުތް، ހަކުރު އަޅައި ގިރާފައި ހުރި ފެންތަށި ސަންކުއިކް ޖޫސް އަޅާލުމަށްފަހު ގިރާލާށެވެ. އެއަށް ފަހު 2 ތަށްޓައް ވާވަރަށް އަޅާލާށެވެ. އަދި ދެ ތައްޓަށް ބަހާލުމަށްފަހު ސްޓޯބެރީ، މިންޓް ލީފް އަޅާލައި ގިރާލާށެވެ.

މި ބުއިން އެންމެ މީރުވާނީ ރަނގަޅަށް ފިނިކޮށްލީމައެވެ. އެހެންކަމުން 3 ގަޑި އިރު އައިސް އަލަމާރީގައި ބަހައްޓާ ފިނިކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!