ރެސިޕީ

ދެން ރެސިޕީ | ޗިކަން ފަޖީތާ ޕާސްތާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕާސްތާއަކީ މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ކެއުންތަކުގެ ތެރޭގައި ހިމެނޭ ކެއުމެކެވެ. އާންމުކޮށް މިހާރު ކައި އުޅެނީ ގިނައިން ޗީޒް އަޅާފައި ހުންނަ ފާސްތާކަން ފާހަގަކޮށްލެވެއެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

3 ބެލް ޕްޕާރ (ރަތް، ދޮން އަދި ފެހި ކުލަ)

1 ފިޔާ (ބޮޑެތިކޮށް ކޮށާފަ)

1 ލޮނުމެދު (ކޮށާފަ)

1 ޖޯޑު ކުކުޅު މަސް (ކޮށާފަ)

1 ތަށި ޕާސްތާ

5 ޖޯޑު ކިރު

1 ސމ ދިރި، އަސޭމިރުސް، ލޮނު

1 ސމ ތެޅި މިރުސް

½ ސމ އަސޭމިރުސް

ކުޑަ ތެޔޮ ފޮދެއް

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ކުޑަ ތެޔޮކޮޅެއްގައި ކުކުޅު މަސްކޮޅު ރަނގަޅަށް ރޯފިލަންދެން ތެލުލާށެވެ. އެއަށްފަހު މަސްކޮޅު ތަވާ ތެރެއިން ނަގާ ތެޔޮގަނޑު ތެރެއަށް ބެލް ޕެޕާރ، ފިޔާ ކޮޅުއަޅާ ކުޑަކޮށް މޯޅިވުމުންތެލުލި ކުޅުޅު ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ލޮނުމެދު، އަސޭމިރުސް، ދިރި، ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. 2 މިނެޓް ކައްކާލުމަށްފަހު އޭގެތެރެއަށް ކިރު އަޅާށެވެ. އަދިޕާސްތާކޮޅުއަޅާ އެއްކޮށް ޕާސްތާކޮޅު މަޑު ވަންދެން ކައްކާލުމުން ޗިކަން ފަޖީތާ ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!