ރެސިޕީ

ދެން ރެސިޕީ | ޗިކެން ލަޒާނިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗިކެން ލަޒާނިއާއަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ކެއުމެކެވެ. ގޭގައި ވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭ ކެއުމެއް ވެސް މެއެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

4 ޖޯޑު އޮލިވް އޮއިލް

500 ގްރާމް ލަޒާނިއާ

500 ގްރާމް ޗީޒް (ތުނިކޮށް ކޮށާފައި)

1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)

2 ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

1 ކިލޯ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)

2 ޖޯޑު ޓޮމާޓޯ ސޯސް

5 ޖޯޑު ޕީލްޑް ޓޮމާޓޯ

2/1 1 ޖޯޑު ޓޮމާޓޯ ޕިއުރީ

2/1 ޖޯޑު ފެން

2/1 1 ސައިސަމުސާ ލޮނު

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ބޭސިލް

2 ބޭ ލީވްސް

2 ޖޯޑު މަޝްރޫމް (ކޮށާފައި)

2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ތެއްޔެއް އުނދުން މައްޗަށް އުދައި އޮލިވް އޮއިލް އަޅައިލާށެވެ. ހޫނުވުމުން ލޮނުމެދު ، ފިޔާ އެއްކޮށް އަޅައިލައިފައި މޯޅިވީމާ ކުކުޅު ކޮޅު އަޅައިލާށެވެ.

ކުކުޅުކޮޅު ކެއްކުނީމާ ޓޮމާޓޯ ސޯސް، ޕިއުރީ އަދި ސޯސްގެ ހުރި ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކައްކާފައި ބޭ ލީވްސްކޮޅު ނަގައިލާށެވެ.

ދެން ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. 1/3 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށްފައި ކެކިގަތީމާ ލަޒާނިއާ ، ފަހަރަކު ސީޓެއް އަޅަމުން ތަތް ނުލަވާ ގޮތަށް އަޅައިފައި މަޑުވަންދެން ކެކުނީމާ ނަގައިފައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާށެވެ.

ދެން ސޯސްގަނޑު ނަގައިފައި ލަޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދައިފައި އެއް ގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!