ދެން ރެސިޕީ | މެންގޯ އެންޑް ޕައިނެޕަލް މޮޖިޓޯ

ބޭނުންވާ ތަކެތި:
50 ގ އަލަނާސި (ކުދިކޮށް ކޮށާފައި)
50ގ އަނބު (ކުދިކޮށް ކޮށާފައި)
3 ލުނބޯ
2 ސަމްސާ ހަކުރު
2 މިންޓް ލީފް
½ ޖޯޑު ސްޕްރައިޓް
1 ތަށި ފެން
6 އައިސް ކިއުބްސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފެނަށް ހަކުރު އަޅައި ރަނގަޅަށް ގިރައިލާށެވެ. އޭގެ ތެރެއަށް ލުނބޯ ފިތައިލާށެވެ. އައިސް ކިއުބް އަޅައި މިކްސަރުން ގިރައިލާށެވެ. ނިމުމުން ތަށްޓަށް އެޅުމަށް ފަހު ކުދިކޮށް ކޮށައިފައި ހުރި އަލަނާސި، އަނބު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
އޭގެ ތެރެއަށް ބާކީ ހުރި އައިސް ކިއުބް އަޅައިލާށެވެ. އަދި ސްޕްރައިޓް ، މިންޓު ފަތްކޮޅު ވެސް އަޅައިލުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ.