ބާޒާރުގައި ކުރުނބާގެ އަގު 40 ރުފިޔާއަށް އުފުލިއްޖެ
މާލޭގެ މާރުކޭޓްތަކުގައި ކުރުނބާގެ އަގު އުފުލިއްޖެއެވެ.
ކުރުނބާގެ އަގު އުފުލިފައި މިވަނީ ރަށްރަށުން ކުރުނބާ ލިބޭ މިންވަރު މަދުވުމާ ގުޅިގެން ކަމަށް އެކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ރޯދަ މަސް ފެށުނުއިރު ބާޒާރުމަތިން ގިނަ އަދަދަކަށް ކުރުނބާ ލިބެން ހުރި ނަމަވެސް މިހާރު ބާޒާރުމަތިން ކުރުނބާ ލިބެން ހުރީ ވަރަށް މަދުންކަން ފާހަގަ ކުރެވެއެވެ.
ރޯދަ މަސް ފެށުނުއިރު ބާޒާރުގައި 20ރ އަދި 25ރ އަށް ލިބެންހުރި ކުރުނބާގެ އަގު މިހާރު ވަނީ 35ރ އަދި 40ރއަށް އުފުލިފައެވެ. އަދި ބޮޑެތި ކުރުނބާގެ އަގު ވަނީ 65ރ އަދި 70ރ އަށް އުފުލިފައެވެ.
މާރުކޭޓުގައި ކުރުނބާގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުރުނބާ މިހާރު ވަރަށް ތަދެވެ. ރަށްރަށުން ކުރުނބާ ލިބޭ މިންވަރު މަދުވެފައިވާއިރު، ދޮން ކުރުނބާ ލިބުން އަދި މާ ބޮޑަށް ދަތިވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މާލެއަށް އެންމެ ގިނައިން ކުރުނބާ ގެންނަނީ ލ.އަތޮޅުންނާއި ގދ.އަތޮޅުންނެވެ.