މެމްބަރުން ބަހުސްތަކުގައި ބައިވެރިވާ މިންވަރު ވަރަށް މަދު ވެއްޖެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވާ މިންވަރު ވަރަށް މަދުވެއްޖެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް އެޖެންޑާ ވިދާޅުވެދެއްވުމަށްފަހު، ރައީސް ނަޝީދު ވިދާޅުވީ އިއްޒަތްތެރި މެމްބަރުން ބަހުސްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މިންވަރު ވަރަށް މަދުވެއްޖެ ކަމަށެވެ.
"މި މަޖިލީހުގައި ބިލްތައް ގިނަ، އަދި ކޮމިޓީ ރިޕޯޓުތައް ވެސް މި މަޖިލީހުގައި ގިނަ. ކޮންމެ ކޮމިޓީ ރިޕޯޓަކަށް ކޮންމެ އިބްތިދާއީ ބަހުސަކަށް ހަތަރު ގަޑިއިރު އެބަ ދެވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ހަތަރު ގަޑިއިިރުގެ ބޭނުން މެމްބަރުން ހިފުމަކީ އެމަނިކުފާނު ވަރަށް އެދިލައްވާ ކަމެއް ކަމަށެވެ. އަދި އެއީ މަޖިލިހުން އަދާ ކުރައްވަން ޖެހޭ ވާޖިބެއް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ބަހުސްކުރަން އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މަޖިލީހުން އެންމެ ފުރަތަމަ ބަހުސް ކުރައްވަން ފަށައިފައި ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީ ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލަށް ވެސް އެއްވެސް މެމްބަރަކު ބަހުސް ކުރެއްވުމަށް އެއްވެސް ޝައުޤުވެރިކަމެއް ނުބެހެއްޓެވިކަން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ފާހަގަ ކުރައްވާފައެވެ.
ބޭނޫންކަމަކަށަ ނުވާތީ ކަމަށް ވެދާނެ.
ކުރިންވެސް ވީގޮތައް ހުރިހާކަމެއް އެނގެނީ އެކަކަށް އާދޯ ކާކުދެން އެއްޗެއްބުނާނީވެސް
ރަބަރު ތައްގަނޑެއް ހިފައިގެން އުޅޭއިރު ކޮން ބަހުސެއްތޯ ބަހުސް އެ އިންނަވަނީނޫންތޯ ރިއާސަތުގައި
ކައިގެން ބަރުހެލި ވީމަ ވާ ގޮތް. ޙައްޕު