މިއޮއް ހުރިހާ ދުވަހު ދަޅުކެނޑި ތިޔަ ބޭނުން ކުރެވުނީ ގޯސްކޮށް،ރަނގަޅު ގޮތް މިއޮތީ!

ދަޅު ފަދަ ތަކެތި ކެނޑުމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރަނީ ދަޅުކެނޑިއެވެ. ނަމަވެސް ގިނަބަޔަކު ދަޅުކެނޑި ބޭނުން ކުރަނީ ރަނގަޅަށް ނޫނެވެ. މިހެން ބުނުމުން ހީކޮށްފާނެއެވެ. ދަޅުކެނޑި ބޭނުންކުރެވޭނެ ރަނގަޅު ނޫން ގޮތެއް އޮންނާނެ ބާވައެވެ
ގިނަ ބަޔަކު ދަޅުކެނޑި ބޭނުންކުރާ ކޮންމެ ފަހަރަކު ދޮވުމަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ނަމަވެސް މިއީ ވަރަށް މުހިއްމު ކަމެކެވެ. ދަޅުކެނޑިއަކީ ބޭނުންކުރާ ކޮންމެ ފަހަރަކުވެސް ރީތިކޮށް ދޮވެ ސާފުކޮށްގެން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ސަބަބަކީ ދަޅު ކަނޑައި ނިމޭއިރު އޭގައި ގިނަ އަދަދެއްގެ ޖަރާސީމު ހުންނާނެތީއެވެ. ހަމަ އެހެންމެ ދަޅުކެނޑި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ދަޅުތައް ކަނޑާތީއެވެ.
ބައެއް މީހުން ދަޅުކެނޑި ސާފު ނުކުރަނީ އެއީ ދޮންނަން އުނދަގޫ އެއްޗަކަށް ވީމައެވެ. ނަމަވެސް ދަޅުކެނޑި ސާފުކުރެވިދާނެ ވަރަށް ފަސޭހަގޮތެއް އެބައޮތެވެ. އެގޮތުން ޖަގެއްގެ ތެރެއަށް ދަޅުކެނޑިގެ ކަނޑަން ގެންގުޅޭ ބައި ދަށަށްވާ ގޮތަށް ބާއްވާށެވެ. އަދި އެބައި ފޮރުވެންދެން ޖަގުގެ ތެރެއަށް ވައިޓް ވިނެގަރ އަޅާށެވެ. އަދި މިގޮތަށް އެއްގަޑިއިރު ވަންދެން ބަހައްޓާށެވެ. އޭގެ ފަހުގައި ބޭނުންނުކުރާ ދަތް އުނގުޅާ ބުރުހެއްގެ އެހީގައި ރީތިކޮށް ދަޅުކެނޑި ސާފުކޮށްލާށެވެ. މިހެން ހެދުމުން ވަރަށް ފަސޭހައިން ދަޅުކެނޑި ސާފް ކުރެވޭނެއެވެ.
ދަޅުކެނޑި ސާފު ކުރުމަކީ މިހާ މުހިންމު ކަމަކަށްވާއިރު މިކަމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.