ދުނިޔެ

ދުވާލަކު ބައިމިލިއަނެއްހައި މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށް އިންޑިއާއިން ލަފާކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޙާލަތު ގޯސްވަމުން އަންނަ އިންޑިއާގައި އަންނަ މެއި މަހުގައި ކޮވިޑް ޖެހޭ މީހުންގެ އަަދަދު ދުވާލަކު ބައިމިލިއަނާ ގާތްކުރާނެ ކަމަށް އެގައުމުގެ ސައިންސްވެރިން ލަފާ ކޮށްފިއެވެ.

Ads by Sosun Fihaara

ސައިންސްވެރިން ކުރައްވައިފައިވާ ދިރާސާގައި ބުނެފައި ވަނީ ޞިއްޙީ ނިޒާމަށް އަރައިފައިވާ ބޮޑު ލޮޅުމާއެކު ހުރިހާ ވެސް ފޯކަސްއެއް މިހާރު ހުރީ ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ތިބި ބަލި މީހުންނަށް ފަރުވާ ކުރުމަށް ކަމަށާއި ޓެސްޓް ކޮވިޑް ޖެހޭ މިންވަރު މަދު ކުރުމަށް ކުރެވޭ މަސައްކަތަށް މިހާރު އަމާޒު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފައްސިވާ އަދަދު އާދަޔާ ޚިލާފަށް އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ފާއިތުވީ މަދު ދުވަސްތަކުގައި އިންޑިއާއިން ފައްސިވާ އަދަދު އުޅެނީ ތިން ލައްކައަށް ވުރެ މަތީގައެވެ.

ދުނިޔޭގައި މިހާރު އެންމެ ހަލުވި ކަމާއެމު ކޮވިޑް-19 ފެތުރެމުންދާ ޤައުމަކީ އަވައްޓެރި އިންޑިޔާއެވެ. ދުވާލެއްގެ މައްޗަށް އެތައް ލައްކަ ބަޔަކަށް ބަލި ޖެހި އެތައް ހާސް ބަޔަކު މަރުވަމުންދާއިރު އެ ޤައުމުގައި ސިއްހީ ފަރުވާ ދޭނެ ވަސީލަތްތައް ދަނީ ހުސްވަމުންނެވެ. 

މީގެ އިތުރުން އެ ޤައުމުގައި ބަލި ކޮންޓްރޯލް ނުކުރެވި އިތުރުވަމުންދާ ނަމަ މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ހަތަރު ގުނަ އިތުރުވާނެކަމަށް އެ ފަރާތްތަކުން ވަނީ ލަފާ ކޮށްފައެވެ.

Ads by Allied Insurance
  1. ސުހޫ

    ތީ ހަމަ އެކެއްޗެއް ހަދަނީ ….މޯދީ އެކޭ ކިނބޫ އެކޭ …