ދުނިޔެ

މަރުވި 22 މީހުންގެ ހަށިގަނޑު މަތި މައްޗަށް ޖަހައިގެން ގެންދިޔުމުން ރައްޔިތުން ރަތަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ މަހާރަޝްތްރާއިން ކޮވިޑް ބަލި ޖެހިގެން މަރުވި 22 މީހުންގެ ހަށިގަނޑު މަތި މައްޗަށް ޖަހައިގެން އެއް އެމްބިއުލާންސްގައި ގެންދިޔަ މައްސަލަ ހޫނު ވެއްޖެއެވެ.

Ads by Sosun Fihaara

މަންޒަރު ދުށް މީހަކު ބޭރުގެ ނޫހަކަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހެއްގެ އާއިލާ ބަޔަކަށް އެ މަންޒަރު ފެނިގެން ފޯނުން ފޮޓޯ ނެގުމުން އެ މީހުންގެ ފޯނު ފުލުހުން އަތުލާފައިވާ ކަމަށެވެ. އަދި އެމީހުންގެ ފޯނު އަނބުރާ ދީފައި ވަނީ ވަޅުލުމުގެ ކަންތައްތަކުގެ ތެރެއިން އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނި ގޮތުގައި މަރުވި 22 މީހުންގެ ހަށިގަނޑު ބޮޑީ ބޭގްއަށް ލައި ފޮރުވިފައިވާނެ ކަމަށާއި އެމީހުން އެމްބިއުލާސްއަށް ލައިފައި ވަނީ ހޮސްޕިޓަލް މޯޗަރީން ނަގައިގެން ކަމަށެވެ.

މި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ މީހެއް ވާނަމަ އެ މީހަކާ ދޭތެރޭ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!