ދުނިޔެ

އިންޑިއާގައި މީހުން އަންދާނެ ލަކުޑި ހުސްވެއްޖެ، ބުނަނީ ވަޅު ނުލާނެ ކަމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެޤައުމުގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ މިދަނޑިވަޅުގައި ހަށިތައް އަންދާނެ ލަކުޑި ލިބުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ މެޖޯރިޓީން ތަބާވާ ހިންދޫ ދީނުގައި މީހުން މަރުވުމުން ވަޅުމުގެ ބަދަލުގައި މީހުންގެ ހަށިތައް އަންދައެވެ.

މީގެ ކުރިން މަރުވާ މީހުން އަންދާނެ ތަނެއް ނެތުމުން، ޕާކުތަކުގައްޔާއި ސްޓޭޑިއަމް ފަދަ ހުސްބިންތަކުގައި މީހުން ދިޔައީ އަންދަމުންނެވެ. ނަމަވެސް މިހާރު އެޤައުމުގެ ބައެއް ސްޓޭޓްތަކުން މިވަނީ މީހުން އަންދަން ބޭނުން ކުރާ ދަރު ލިބުމުގައި ދަތިކަން ޖެހިފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މަރުވާ މީހުން މަރުވުމާއި އެންދުމާއި ދޭތެރޭގައި ވަރަށް ގިނަ ވަގުތު މިހާރު ހޭދަވެއެވެ. މިގޮތުން 2 ދުވަސް ވަންދެން ވެސް ހަށިގަނޑު ނުއެންދި ބާއްވަން ޖެހޭ ކަމަށް ވެއެވެ.

އިންޑިއާގައި މަރުވާ މީހުން އެންދުމަށް ބޭނުންވާ ދަރު ހުސްވުމާ ގުޅިގެން އާއިލާއިން ބޭނުން ނަމަ މަރުވާ މީހުން ވަޅުލުމުގެ ފުރުސަތު އިންޑިއާގެ މުސްލިމުން ވަނީ ދީފައެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން މިހާތަނަށް އެއްވެސް ފަރާތަކުން ހިފާފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ، އަދި ބައްޔަށް ފަރުވާ ނުދެވުމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ.

Ads by HDC
  1. ބުއްޅަބެ

    އާން، ޝައިތޯނާވެސް ގޮތް ދޫނުކޮއް އުޅުނު…
    ފިކުރު ްކުރުމުން ްތިކަމުން ތިމީހުނަށް އިތުރަށް އެނގިގެން ދާނީ ކަލޭމެންގެ ބޮޑުންގެ މުޑުދާރުކަން.
    އަދި މުޝްރިކުންގެ ނާތަހުޒީބްކަން.
    އަސްލާމް ދީނުގައި ވަނީ އެންމެ ހެޔޮ އަދި އެންމެ ފަސޭހަ ގޮތްކަން….

  2. ދިދަ ދަނޑި

    ގޮތުގަ ތިބެގެން އެއްވެސް ކަމެއް ވެއްޖެތަ؟ ކާލީމާ އާއި ގަނޫބައްޔާ ނައެއްނު އެހީވާކަށް.. ދެންވެސް ބޮޑާނުހާކާ ތި ގޮތްދޫކޮށްބަލަ…

  3. ޢާނާ

    އަދި މީހުން ވަޅުވެސް ލާނެ.ނިވާ ނުވާމީހުން ނިވާ ވެސް ވީ ނުން.

  4. އިންޑިއާާމޭހ

  5. ދަރުބޮނޑި

    ޢަދި ދުވަސްކޮޅަކުން ބުނާނެ .އަންމަތަސިރިއޭ . ގޯހުން ނޭ އެންދުނީ. މިހާރު ދީނުގަ އޮތީ ވަޅުލާށޭ. ދުން އަރާތީ ނެތޭ އެންދޭކަށް. ތިމާވެށި ހަރާބު ވަނީ އޭ.އިތުރަކަށް ނޭވާ ނުލެވެޔޭ ދުމާ ހެދި. ދެން ހުޅުވާނީ ސަންދޯއް ފެކްޓަރީ އެއް. ޜާއްޖެއަށްވެސް ސަންދޯއް ދެން އިންޕޯޓު ކުރާނީ އިންޑިޔާ އިން .

  6. ކީކޭ ބުނާނީ

    ވަޅު ނުލަންޏާ ދަރު ނުލާ އެމީހުން މުސްލިމުންނާ މިސްކިތްތަށް އަންދާ ގޮތަށް ޕެޓްރޯލް އަޅާފަ ހުޅު ޖަހަން ވީނު. ގޮތް ދޫނުކުރާ ބައެއް.