އޮކްސިޖަން ފުޅި ނުގެންދިއުމަށް އެދި ފުލުހުންގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރި ވީޑިއޯގެ ހަގީގަތް
އިއްޔެގެ ވަގުތެއްގައި މީސްމީޑީއާގައި އާންމުވި ވީޑިއޯއެކެވެ. މި ވީޑިއޯގައި ފެންނަ މަންޒަރު ތަކަކީ ކޮންމެ މީހެއްގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވާނެ މަންޒަރުތަކެކެވެ. އިންޑިއާ މީހަކު ފުލުހުންގެ ގާތުގައި އާދޭސް ކުރާ މަންޒަރެވެ. އޭނާގެ މަންމައަށް ފަރުވާ ކުރުމަށްޓަކައި ބޭނުން ކުރަމުންދިޔަ އޮކްސިޖަން ސިލިންޑަރު ނުގެންދިއުމަށް އެދިއެވެ.
އެ މީހާގެ އާދޭހުގެ އަޑެއް ފުލުހުންނެއް ނޭހިއެވެ. ފުލުހުން ދިޔައީ އެ އޮކްސިޖަން ސިލިންޑަރު ހިފައިގެންނެވެ. މި ހާދިސާ ހިނގީ އިންޑިއާގެ އާގްރާ ސަރަހައްދުގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއްގެ ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ސަރަހައްދުގައި ކޮވިޑް-19އަށް ފަރުވާ ހޯދުމަށް ގިނަ ބަޔަކު އުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެެވެ.
"އަހަރެންގެ މަންމަ މަރުވެދާނެ. އާދޭސް ކޮށްފަ މިބުނީ ތިޔަ އޮކްސިޖަން ސިލިންޑަރުތައް ނުގެންދޭ. މިއީ އަހަރެންގެ އެދުމެއް" އޭނާ ގިސްލެެވެމުންދިޔަ ހާލު ފުލުހުންގެ ގާތުގައި ބުނަމުން ދިޔަހާ ވެސް އެއްޗަކީ މިއީއެވެ.
ފުލުހުން މިކަމާ ގުޅިގެން ބުނީ އެ ސިލިންޑަރު އެމީހުން ގެންދިޔައީ އޮކްސިޖަން ހުސްވާތީ ކަމަށެވެ. އަދި އެ ސަރަހައްދުގައި އޮކްސިޖަން މަދުވުމުން މީހުން ބޭނުން ކުރަނީ އެމީހެއްގެ އަމިއްލަ ސިލިންޑަރު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެ ވީޑީއޯއަކީ މީހުންގެ މެދުގައި ފުލުހުންނާމެދު ނަފްރަތު އުފައްދަން ދައުރު ކުރާ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯގައި އޮކްސިޖެން ހުރި އެއްވެސް ސިލިންޑަރެއް އެމީހުން ނުގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހާ އާދޭސް ކުރީ އެމީހާގެ މަންމައަށް އޮކްސިޖަން ހޯދައިދިނުމަށް ކަމަށް ވެސް އާގްރާގެ ފުލުހުން ބުނެއެވެ.
ފުލުހުންތަ ސިލިންޑަރުުތަކައް އޮކްސިޖަންއަޅަނީ، އެމީހެއްގެ އަމިއްލަ ސިލިންޑަރުގެންގުޅޭއިރު ފުލުހުންނައް އޮތީ ކޮންހައްގެއްތޯ ގެންދިޔުމުގެ. މީގެ ދެކޮޅުނުހޯދާ