މިހާރު ބާކީ ހުންނަ ޑޭޓާ އަންނަ މަހު ވެސް ބޭނުން ކޮށްލެވޭނެ
އުރީދޫ މޯލްޑިވްސްއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތާ އެކު 600 އާއި މަތީގެ ޕްލޭންސްތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާ އެކު އެއްވެގެންދާނެ ކަަމަށް އުރީދޫއިން ބުނެއެވެ
މީގެ އިތުރުން އުރީދޫއިން މި ގެނައި ބަދަލާއި އެކު، އޭޕްރިލް 2021އިން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އާއި މަތީގެ ޕްލޭންތަކަށް މި ޚިދުމަތް ލިބިގެންދާނެ ކަމަށާއި ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވޭނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.
މިގޮތުން ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަންގަވާފައިވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
• 600 އަދ 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 30ޖީބީ އެވެ.
• 1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 200ޖީބީ އެވެ.
އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް. އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް
އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް ވެސް ތައާރަފްކޮށްފައެވެ.
މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ އާލަމީވަބާއާ ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރު ވެސް ބޮޑުތަން އިތުރުވެފައިވުމާއެކު އުރީދޫއިން ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާ ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަނެޓް ޕްލޭންތައް ވެސް އަޕްގްރޭޑްކޮށްފައެވެ.
ޑޭޓާ ރޯލްއޯވަރއާ ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް: http://ore.do/datarollover ޒިޔާރާތް ކުރުމަށް އުރީދޫއިން އެދެއެވެ.
ތީ. މުސްދިންނަން ހުރި ޕުލޭން ތަކެށް
އަދި ވެސް.ްނިކެމެތިންނަން ދެރަގޮތް
ގޭގަ އިންނަ ކިރުދަޅު މަސްނިމޭއިރު ބާކީ ހުންނަބައި އަބަދުވެސް ބޭނުން ކުރެވޭ އެއީ އެ ކިރުދަޅު ގަތީ އެ ކިރުދަޅުގެ އަގު ފުލްކޮށް ދަށްކާފަ ހުރީމަ އެހެންވީމަ އެ ބޭނުން ކުރަނީ އެ ލާރި ދީފަ ގަތް މީހަކު އެ ވިއްކި މީހާ އަކާ ބެހޭ ކަމެއް ނޫން