ދުނިޔެ

ލޮކްޑައުން ނުވެ ކޮވިޑް-19 ކޮންޓްރޯލް ކުރި ތުރުކީގެ ހާލަތު ގޯސްވެ ފުރަބަންދަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ފެރުވޭ މިންވަރު ކޮންޓްރޯލުން ނެއްޓުމާ ގުޅިގެން، ތުރުކީ ފުރަތަމަ ފަހަރަށް ލޮކްޑައުންކޮށްފިއެވެ.

Ads by WAMCO

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރި މިދިޔަ އަހަރު ދުނިޔޭގެ ހުރިހާ ޤައުމެއް ކަހަލަ ގޮތަކަށް ލޮކްޑައުން ކުރި ނަމަވެސް ތުރުކީ ލޮކްޑައުންކޮށްފައެއް ނުވެއެވެ.

ތުރުކީއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އަވަސް ފިޔަވަޅު ތަކެއް އަޅައި ލޮކްޑައުންއަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލްކޮށްފައެވެ. އެއާއެކު ޑަބްލިއުއެޗްއޯ އާއި އެހެން ޤައުމުތަކުގެ ތައުރީފް ވެސް ތުރުކީއަށް ލިބުނެވެ. އެހެން ނަމަވެސް ތުރުކީން އެޅި ފިޔަވަޅުތައް މާ އަވަހަށް އުވާލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމެވެ.

ތުރުކީގައި މިދުވަސްވަރު ދުވާލެއްގެ މައްޗަށް 60،000 އެއްހާ މީހުންނަށް ކޮވިޑް-19 ޖެހެމުންދެއެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް އެޤައުމުގައި ކޮވިޑް-19 ޖެހެމުން ދިޔައީ ގާތްގަނޑަކަށް 6،000 މީހުންނަށެވެ.

ތުރުކީގައި ލޮކްޑައުން ކުރާނެކަން ސަރުކާރުން އެންގުމާއެކު، އެޤައުމުގެ ފިހާރަތަކާއި ސްޕަމާކެޓްތައް ތޮއްޖެހުނެވެ. ގިނަ ބަޔަކު ލޮކްޑައުން ތަންޒީފު ކުރުމުގެ ކުރިން ވެރިރަށް އިސްތާންބުލް ވަނީ ފައިބައިފައެވެ.

ތުރުކީގެ 82 މިލިއަން މީހުންގެ ތެރެއިން 22 މިލިއަން މީހުން ވަނީ ވެކްސިން ޖަހައިފައެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކަށް ބަލި ޖެހުނު ކަމުގައި ވިޔަސް ތުރުކީގެ ސިއްޙީ ނިޒާމުގައި ބަލިވާ އެންމެނަށް ފަރުވާ ދެވޭނެ ކެޕޭސިޓީ ހުރި ކަމަށް ސަރުކާރުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!