ދިވެހި ސިނަމާ

އަހަންނަކީ ފެންވަރު ހުރި މީހެއް، އަހަންނަކީ ލައްކައަކުން އެކެއް: ޝިފާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ޓިކްޓޮކް ސްޓާރ އަދި ފިލްމީ ތަރި މަރިޔަމް ޝިފާގެ ފުށުން ބެލުންތެރިން ވަރަށް ފޫހިވި މަންޒަރުތަކެއް ފެނިއްޖެއެވެ. ޝިފާ ކުޅޭ ޓިކްޓޮކަށާއި ކޮށްފައިވާ އެކްޓިންގަށް ބައެއް މީހުން ތައުރީފު ކުރިޔަސް، ރާއްޖެޓީވީން ދައްކާ "ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސް" ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި، ޝިފާގެ ފަރާތުން ފެނިގެން ދިޔައީ އޭނާގެ ފޭނުން ވެސް ވަރަށް ހިތްހަމަ ނުޖެހުނު މަންޒަރުތަކެކެވެ.

Ads by Hajj Corporation

އެގޮތުން އެ އެޕިސޯޑުގައި ފުރަތަމަ ފެނިގެން ދަނީ ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުޙައްމަދު މަނިކާ ޝިފާ ޒުވާބު ކުރާ މަންޒަރެވެ. އެގޮތުން އެ ރޭހުގައި ހަވާލުކުރި ޓާސްކެއްގެ ތެރެއިން މަނިކުގެ ފަޔަށް އަނިޔާވެ ފައި ދަށްފުށުން ތަންކޮޅެއް ފަހަން ޖެހެއެވެ. ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މަނިކުއަށް އެ ރޭހުގައި އިތުރަށް ކުރިއަށް ދެވެން ނެތް ކަމަށް ޝޯގެ ހޯސްޓުން ފުރަތަމަ އަންގައެވެ. އަދި މަނިކުގެ ޕާޓްނަރ، ފިލްމީތަރި އައިމިނަތު ރަޝްފާ (އާޝާ)އަށް އެކަނި ދެން މުބާރާތުގައި ކުރިއަށް ދެވޭނެތޯ އާއި އެކަނި ކުރިއަށް ދެވެން ނެތްނަމަ އާ މީހަކު ޕާޓްނަރެއްގެ ގޮތުގައި ގެންނަން ފެނޭތޯ ވެސް އަހައެވެ.

އެކަމާ ގުޅިގެން ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ޝިފާ، މަނިކު އަދި އާޝާގެ ޓީމަށް ފާޑުކިޔާ އެ ޓީމު އޮތީ އެންމެ ފުލުގައި ކަމަށް ބުނެއެވެ. ޓީމު އޮތީ އެންމެ ފުލުގައި ނޫންކަން އަންގަމުން ދިފާއުގައި އާޝާއާއި މަނިކު ވާހަކަ ދައްކަމުން ދަނިކޮށް، މަލާމާތު ރާގަކަށް ޝިފާ މަނިކުއާ ދިމާލަށް ބުނަނީ "ދެން ޒުވާބެއް ކުރަން އިތުރު ޗޮއިސެއް ނެތް" ކަމަށާއި "ދެން ދާންވީ" ކަމަށެވެ.

ރޭހުގެ ޤަވާއިދުތަކަށް ބޯލަނބާައި ކުރިއަށް ދެވެން ނެތްނަމަ ދާނެ ކަމަށާއި "ރޫލް ފޮލޯ ކުރާނެ" ކަމަށް މަނިކު ބުނުމުން ޝިފާ އަހަނީ "ރޫލް ފޮލޯ ކުރަނީ މިގަޑީގައި އެކަނި" ތޯއެވެ. ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތީ ކޮން އިރަކުތޯ މަނިކު އެހުމުން ދެން ފެންނަނީ މަނިކުގެ އުމުރަށް މަލާމާތްކޮށް "ތަންކޮޅެއް އުމުރުން ވެސް މަތިވީމަ ވާނީ ވެސް ތިހެން" ކަމަށް ޝިފާ ބުނާ މަންޒަރެވެ.

ރާއްޖެޓީވީން ދައްކާ "ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސް" ގެ ތެރެއިން ޝިފާ މަނިކުއާއި ޒުުވާބުކުރަން އިން މަންޒަރު ދައްކުވައިދޭ ސްކްރީންޝޮޓެއް

ދެ މީހުންގެ ޒުވާބު ހޫނުވެ ޝިފާ ވާހަކަ ދައްކަނީ އެންމެ 12 ޕޮއިންޓު ހިފައިގެން ކަމަށް ބުނުމުން އޭނާ ބުނަނީ "އެންމެ ދަށުގައި އިނދެފައި މި އިނީ އަރާ" ކަމަށެވެ. އަދި ޝިފާއަކީ ވަރަށް މަތީގައި އުޅޭ މީހެއް ކަމަށް މަނިކުމެން އޭގެ ދެ ދުވަސް ކުރިން ކީ ކަމަށް ޝިފާ ބުނެއެވެ. އަދި އޭނާ އުޅެނީ މަތީގައި ކަމަށާއި އެ "ފެންވަރު" އޭނާގެ އެބަ ހުރި ކަމަށް ޝިފާ އަމިއްލައަށް ވެސް ބުނެއެވެ.

އަހަންނަކީ އެ ފެންވަރު ހުރި މީހެކޭ. އަހަރެން މީ ލައްކައެކޭ. އަހަންނަށް ހީވާ ކަހަލައެއް ނޫން، އަހަންނަށް ޔަގީން އަހަންނަކީ ލައްކައަކުން އެކެއްކަން

މަނިކުގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ފޮނުވައިލައިފައި އާ މީހަކު އާޝާއާއެކު ޕާޓްނަރަކަށް ގެންނަން އެ ރޭހުގައި ބައިވެރިވި އެހެން މީހުންގެ މައްސަލައެއް ނެތްކަމަށް ބުނި ކަމުގައި ވިޔަސް، އެކަމާ ޝިފާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ އަލަށް އަންނަ މީހާ ހުންނާނީ ވަރަށް ވަރުގަދަ އެނާޖީއެއްގައި ކަމަށާއި އެހެން މީހުން ތިބީ ވަރުބަލި ވެފައި ކަމަށެވެ. މަނިކު އެންމެ ފަހުން ނިންމަނީ ރޭސް ދޫކޮށްފައި ނުގޮސް، ބަލި ފަޔާއެކު ވެސް ރޭހުގައި ބައިވެރިވެ ކުރިއަށް ދިޔުމަށެވެ.

ދެ ޓީމުގެ މެދުގައި އުފެދުނު މައްސަލަގަނޑާއި ޒުވާބު ކުރުން ހަމައެކަނި އެ ހިސާބަކުން ނުނިމެއެވެ. ފަހުން ފެންނަނީ ޝިފާއާއި އާޝާ ވަރަށް ހޫނުގަދަ ޒުވާބެއް ކުރާ މަންޒަރެވެ. އެގޮތުން ޝިފާގެ ޕާޓްނަރު އާނަންދު، ކަމަކާ ހިތްހަމަ ނުޖެހިގެން މަނިކުއާއި އާޝާއާ ވާހަކަ ދައްކަނިކޮށް އެތަނަށް ޝިފާ ދެއެވެ. އެވަގުތު އާޝާ ބުނަނީ ޕާޓުނަރު އައިސްފި ކަމަށާއި ޝިފާ "މުޅި ދުވަހު އުޅުނީ ޖުމާހު އާއެކީ" ކަމަށެވެ.

ސެލެބްރިޓީ ރޭހުގައި އެ މީހެއްގެ ޕާޓްނަރު ނޫން އެހެން ޓީމެއްގެ ޕާޓްނަރަކާއެކު އުޅެގެން ނުވާނެ ކަމަށް މި ރޭހުގެ ފުރަތަމަ އެޕިސޯޑުގައި ވެސް ވަނީ ކިޔައިދީފައެވެ.

ރާއްޖެޓީވީން ދައްކާ "ޕްރިސްޓާ އޮއިލް ސެލެބްރިޓީ ރޭސް" ގެ ތެރެއިން ޝިފާއާއި އާޝާ ޒުވާބުކުރާ މަންޒަރު ދައްކުވައިދޭ ސްކްރީންޝޮޓެއް

"ޖުމާހު އާއެކީ އުޅުނަސް އާޝާއަކަށް އަސަރެއް ކުރާކަށް ނުޖެހޭނެ" އާޝާ ބުނި އެއްޗަކަށް ހަރުއަޑުން ރައްދު ދެމުން ޝިފާ ބުނެއެވެ.

އާނަންދު އާޝާމެންނާއެކު އުޅޭތީ ޝިފާއަށް ވެސް އަސަރުކުރާ ކަމަށް އާޝާ ބުނެއެވެ. އަދި ދެ މީހުންގެ ޒުވާބު ހޫނުވެ، ފަހުން ފެންނަނީ ޝިފާ ރުޅިއައިސްގެން އާޝާ ކޮށްޕާލާ މަންޒަރެވެ. އެވަގުތު އެތަނުގައި ތިބި މީހުން ޝިފާ ހުއްޓުވާ ގައިގައި އަތް ނުލާން ބުނެއެވެ.

އޭގެފަހުން ޝިފާ އޭނަގެ ޕާޓްނަރު އާނަންދު ކައިރީގައި ބުނަނީ، އެންމެންނަށް ކައްކާފައި ކާންދީ، ކުރުނބާ އަޅާކަށް އާނަންދުއަށް ނުޖެހޭނެ ކަމަށެވެ.

"މިއަދު މަ މެންދުރު އެންގީ ކީކޭ އާނަންދު ކައިރީގަ؟ އާނަންދު އަމިއްލައަށް ބުނެބަލަ އެހެން މީހުންނަށް ކާންދޭން ހަދައިގެން އަހަރުން ދެ މީހުންނަށް ކޮން ކަމެއްވީ؟" އާޝާއާ ޒުވާބު ކުރުމަށްފަހު ވަކިން އާނަންދު ކައިރީ ވާހަކަ ދައްކަމުން ޝިފާ ބުނެއެވެ.

ކޮންމެހެން ނުޖެހޭ މިތަނަށް އައިސްފަ އެހެން މީހުން ބަނޑު ފުރައިދީ، އެހެން މީހުން ކަރުހިއްކުން ފިލުވައިދީ، އެހެން މީހުންނަށް އެހެން ކަމެއް ކޮށްދީ އަމިއްލަ މީހާ ފުނޑޭކަށެއް. ކާނެ ގޮތެއް އެމީހުން ވެސް ހޯދައިގެން ކާނެ. ބަނޑަށް ތިބެންޏާ ބަނޑަށް ތިބެންވީ މަރުވަންޏާ މަރުވާންވީ

ސެލެބްރިޓީ ރޭހުގެ މި މަންޒަރުތައް ފެނި، އެ ވީޑިއޯއަށް ކޮމެންޓުކުރި ގިނަ މީހުން ވަނީ ޝިފާއަށް ވަރަށް ފާޑުކިޔައި، އޭނާއަކީ ޝިފާގެ އަސްލު ފެނުނީ ކަމަށާއި އަޚުލާޤީ ފެންވަރު ވެސް ދަށް ކަމަށް ބުނެފައެވެ.

Ads by Allied Insurance
  1. ކުމާރީ

    އަޗި ލަދުހަޔާތްވެސްކުޑައީގޮތެއްފޮތެއްނެތްކަންފުކެއްބޮޑުވަރުތިމާޔަތްތިމާފެނިފަހުއްޓަސް

  2. ވެލޭ

    ތީ ބޮޑު ވެލަޔެއް! ކޮން އަހްލާގެއް ހުންނާނީ

    • ީިއިބުރޭ

      ހަހަހަ.. ތިކަން އިނގޭނެ ނައިފަރު އެންމެންނަ

  3. ޖުހާ

    ތެކަހަލައި ސެލެބްރި

  4. ިނަފުރަ

    ލޯހުރިމީހަކަވިޔާފެނާނެ މުސްލިމެކާ ހުނަންޖެހޭ އެވެސްސިފަޔެ
    އެމަންޖެ ނުހުނާނެ ބުރުކާވެސް ބޭލީ އޮރަޔަން ނިވާނުވާވަރުގެ އެޖެހި ލަނީ އަހަރެން ހިދައަރާ އޭނާގެ މީހުން ލަދުން ނުގަނޭބާ ބޯހަލާކް

  5. އަހިމަދު

    ލޯގަނޑު ކުރިމަތިން ރީތިވީމަ ވާނީ އެހެން. ދުލުގެ ބޭނުން ހެޔޮގޮތުގަހިފާ.

  6. މައު

    ދެރަކަމެއް

  7. އާހިރަތުގއި ފެންނާނެ ލައްކަ އަކުން އެކެއްކަން.. މިހާރު ދުނުޔެމަތީ ތިހެން އުޅެވިދާނެ ﷲ ގެ ހަސްރަތުގައި ދޭނެ ޖަވާބެއް ނޯންނާނެ..

    • ބަނޑު

      ހަމަ ވަރައް ރަނގަޅު ވާހަކައެއް

    • ަފަތުން

      ރަގަޅުވާހަކައެއް

  8. ވެލަޭ

    ޗޭ ވެލޭ ޝިފާޒާ

  9. ޒުހޭރާ

    ޝިފާަ އަމިއްލައައް ޝިފާ ގެ އަގު ތިވައްޓާލީ!!

  10. ޗޭޗޭ

    ނޭފަރު ދުނބު ވެލާ

  11. ޖިމޯ

    ފެން ނުވަރާ ހަޑި ވެލާ

  12. ރާސީންދާލް

    ލައްކައަކުން އެކެކޯ. ޝިފާއަށް ތިހުރީ އަސްލު ޝިފަ ބެލުންތެރިންނަށް ދެއްކިފަ. ދެން އަވަހަށް ގެއައްދޭ. އެކަމު މި ޕުރޮގުރާމްގައި ގިނައިން ގެނެސްދީފަވާނީ ސުކުރިޕްޓްގަ ލިއެފަވާގޮތައް ޑައިލޮގުއަދި އެކްޓް ކޮށްފަވާ މަންޒަރުތައް. މީ މިކަހަލަ ކަންތައް އާއްމުކޮށް ކޮށްއުޅޭގޮތް. ބައެއްފަހަރު ހަމައިން ނެއްޓޭފަހަރުވެސްދޭ

  13. ވަޓް އަ ބިޗް

    މިވަރު ރަނގަޅު ލިޔުމެއް މަރިޔަމް އަދި ނުލިޔޭ. ވަރަށް ފުރިހަމަ. ހަމަ ތެދެއް ތި ބުނީ. ގޮތްކުޑަ އަންހެނެއް އެއީ ބަފާ އުމުރު މީހަކާ ހާދަ ހަޑިކޮށޭ ވާހަކަ ދެއްކީ. މަނިކުގެ އުމުރާ ބަލާފަ ރީތި ވެފަ ފިޒިކަލީ ވަރަށް ފިޓު. އެކްޓިންވެސް އެހާ މޮޅު. ޝިފާ އަކީ ޓިކްޓޮކުގަ ބުޑު ހަލުވައިން ވިކިގެން އުޅޭ މީހެއް. އެއަކީ ސްޓާރެއް ނުވަތަ ސެލެބްރިޓީ އެއް ނޫން.

  14. ޓިކްޓޮކް

    ލަދު ގަންނައްޏަކާ ޓިކްޓޮކެއް ނުކުޅެވޭނެ
    އޯކޭ

  15. ާމަނިކު

    ޥަރައްރަގަޅު ވާހަކައެއް ފޮތުގަ ލިޔެފަ ބުކުޝޮޕައްލާ