މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން އަނެއްކާ ވެސް އަންގައިފި

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން އަންގައިފިއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ލޯކަލް ގަވަމެންޓް އޮރތޯރިޓީ ގުޅިގެން އެންގި މި އެންގުމުގައި ވިދާޅުވެފައި ވަނީ، މި ހިނގާ މެއި މަހުގެ 5 އިން 15 އަށް މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށާއި އަމިއްލަ މުސައްލަ ގެންދިޔުމަށް ވެސް ވަނީ އަންގައިފައެވެ.
އެ އެންގުމުގައި އިތުރަށް ވިދާޅުވެފައި ވަނީ މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސްކު އެޅުމަށެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ އަދަދުތައް އަނެއްކާ ވެސް ވަނީ ރިކޯޑު އަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން މި ބައްޔަށް 508 މީހުން ވަނީ ފައްސި ވެފައެވެ.
އެ އަދަދާއެކު މިހާރު ރާއްޖެއިން މުޅިއަކު 30،745 މީހުން ފައްސިވެފައިވެއެވެ. އަދި ބަލިން ފަސޭހަ ވެފައިވަނީ 25،068 މީހުންނެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 74 މީހުންނެވެ.
ތިޔަކަމާ، “ހިތް ގޯސްވެ، ހިތަށް ތަދުވާނީ” ޖުއްބާ ބާގައިގެ މީހުން! “ގައިގޯޅި” ނުވެވޭތީ!!!!