ކޮވިޑް-19: ފައްސިވީ އަދަދުތައް މިއަދު 600 އާ ގާތްކޮށްފި

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދުތައް މިއަދު 600 އާ ގާތް ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުގެ މިއަދު ރާއްޖެއިން ކޮވިޑް-19އަށް 585 މީހުން ފައްސިވެ، އިތުރު 146 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 397 މީހުންނާއި، އަތޮޅުތަކުން 160 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 11 މީހުންނާ އިންޑަސްޓްރިއަލް އައިލެންޑުން 15 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 31,330 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 25,214 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 74 މީހުން ނިޔާވެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 173 މީހުންނެވެ.