ކުޑަކުދިންގެ ހިޔާގައި ރޯވެ އެކި ވަރުގެ ގެއްލުން ލިބިއްޖެ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:04 ހާއިރު ކަމަށާއި، މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ތަނުގެ ފޮޓޯ އެމްއެންޑީއެފުން އާންމުކޮށްފައިވާއިރު ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުން ލިބިފައިހުރިކަން ފާހަގަކޮށްލެވެއެވެ. ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.