ފޮނަދޫން މަހަށް ދިޔަ އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ
ލ. ފޮނަދޫން މަހަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
އެރަށުން ފައްސިވެފައި ވަނީ “ރަސްމަގު” ނަމަކަށް ކިޔާ ދޯނިން މަހަށް ދިޔަ މީހެކެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އެމީހާއަކީ، އިއްޔެ އެ ދޯނިން ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްވި މީހެކެވެ. އަދި އެ މީހާ ފައްސިވިއިރު ހުރީ ކަރަންޓީނުގައި ކަމަށް ވެސް ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.
މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 14 އަށް އަރައިފައެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން 600 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.
Ads by Allied Insurance