ދުނިޔެ

މި އަހަރު ވެސް އެހެން ގައުމުތަކުގެ މީހުން ހައްޖަށް ދިޔުން މަނާކުރަން ސައުދީން ވިސްނަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސައޫދީ އަރަބިއްޔާއިން ބޭރު ގައުމުތަކަށް މިއަހަރު ވެސް ހައްޖު ކެންސަލްކުރަން ސައުދީ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

މިދިޔަ އަހަރު ސައޫދީ އަރަބިއްޔާއިން، އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މި އުސޫލަށް މި އަހަރު ވެސް އަމަލުކޮށްފާނެ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިއަހަރު ވެސް ހައްޖު ކުރެވޭނީ ސައުދީގައި އުޅޭ މީހުންނަށް ކަމަށެވެ. އަދި ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް ވެސް ހައްޖު ކުރެވޭނެ ކަމަށާއި ނަމަވެސް ހައްޖަށްދާ އެންމެންނަކީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމަށްވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 ޖެހި 6 މަސް ނުވާ ފަރާތްތަކަށް ވެސް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކުރެއެވެ.

މިއަހަރުގެ  ހައްޖާ ބެހޭ ގޮތުން ސައުދީން ކުރީން ނެރުނު ބަޔާނެއްބުނެފައި ވަނީ ގައުމުތަކަށް ހައްޖަށް އައުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ، އަދި ވެކްސިން ޖަހައި އަލާމާތް ނުހުންނަ މީހުންނަށް ހައްޖަށް ވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ސައުދީން ހާމަކުރިއެވެ. ނަމަވެސް ރޮއިޓާސް އިން ބުނެފައި ވަނީ މި ނިންމުން ބަދަލު ކޮށްފައިވާ ކަމަށެވެ. ރޮއިޓާސް އިން ބުނެފައި ވަނީ ސައުދީން މިގޮތަށް ނިންމައިފައި ވަނީ އެކި ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރާއި ކޮވިޑް ވައިރަސްގެ އެކި ވޭރިއަންޓްތަކަށް ވެކްސިން މަސައްކަތްކުރާ ގޮތާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.

މި އަހަރުގެ ހައްޖު ދުވަސް ދިމާ ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހަށެވެ. ހައްޖުގެ އަަޅުކަން މިދިޔަ އަހަރު ފުރިހަމަކޮށްފައި ވަނީ ހޮވައިލެވުނު 10،000 މީހުންނެވެ. އެހެން އަހަރުތަކުގައި 2 މިލިޔަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރެއެވެ.

Ads by Ooredoo
  1. ނަރެލް

    ޑރ އިޔާޒު އަނެއްކާ ތިކަމާ ހާޑުފުޅު ނުވާނެބާ